ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/228
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 08 އޮކްޓޫބަރު 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ

މަޤާމް :ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

ޕްރޮޖެކްޓްސް

ގްރޭޑް:

7

ސްޕައިން ޕޮއިންޓް:

31

މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

2 އަހަރު

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
  • ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތު:

  • މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕްރޮޖެކްޓްތަކާ ގުޅިގެން އަންނަ ސިޓީތައް ބަލައި، ދޭންވީ ޖަވާބު ދިރާސާކޮށް، ޖަވާބު އެކުލަވާލައި ސުޕަވައިޒަރާއި މަޝްވަރާކޮށް ޖަބާދިނުން.
  2. ޕީ.އެސް.އައި.ޕީ، ޔުނިވަރސިޓީ އިން ޚަރަދު ކުރާ، ނޭޝަނަލް އަދި އިންޓަރނޭޝަނަލް އެކި އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ޕްލޭންކުރުމާއި، އެގްޒިކިޔުޓް ކުރުމާއި ރިޕޯރޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.
  3. އެކިއެކި ޕްރޮޖެކްޓްސް އާއި ގުޅިގެން ހަދާ ޕްރޮޖެކްޓް ޑިޒައިން، ބީއޯކިއު، ޓެނޑަރ ޑޮކިޔުމަނޓްސް ފަދަ ކަންކަން ތައްޔާރުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  4. ޕްރޮޖެކްޓްތަކުގެ ޢިމާރާތްތައް ކުރެވެމުން ދާގޮތް މޮނިޓަރ ކުރުމަށް ހަމަޖައްސާފައިވާ އުޞޫލްތަކުން ކަންކުރޭތޯ ބެލުމާއި، ޖެހޭ މައްސަލަތައް ސްޕަވައިޒަރަށް ހުށަހަޅާ ކޮންޓްރެކްޓަރުންގެ ސުވާލުތަކަށް ފުރަތަމަ ފެންވަރުގައި ޖަވާބު ދިނުން.
  5. ޕްރޮޖެކްޓް މޮނިޓަރިންގ ޖަލްސާތައް އިންތިޒާމްކޮށް އަންނަ ފަރާތްތަކާ މަރުޙަބާ ކިޔައި ޖަލްސާގެ ޔައުމިއްޔާ ނަގާ ސްޕަވައިޒަރަށް ހުށަހެޅުން.
  6. ޕްރޮޖެކްޓްތަކާއި ގުޅިގެން ހިންގާ އެންމެހާ ޕްރޮކިޔުމަންޓް ހަރާކާތްތަކުގައި އަމަލީގޮތުން އިސްނަގައިގެން އުޅުން. މިގޮތުން ސްޕެސިފިކޭޝަން ހޯދުމާއި، ލިސްޓް އެކުލަވާލުން، ބިޑްކުރުން، ހުއްދަތައް ހޯދުންފަދަ އެންމެހާ ކަންކަން ޤަވައިދުން ކުރުން.
  7. ޕްރޮޖެކްޓާއި ގުޅޭޖަލްސާތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ނެގުމާއި، ޖަލްސާގައި ނިންމާ ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފޮލޯއަޕް ކޮށް ކުރިއަށް ގެންދިއުން.
  8. އައު ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
  9. ޕްރޮޖްކްޓްތައް މޮނިޓަރ ކޮށް، ސަރުކާރާއި، ބައިނަލްއަގުވާމީ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެކަންކަން ޤަވާއިދުން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ކުރަމުން ދިއުން.
  10. ޕްރޮޖެކްޓް މޮނިޓަރިންގް ސޮފްޓްވެއަރ ގެ އެހީގައި ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން
  11. ޕްރޮޖްކްޓް މޮނިޓަރ ކުރުމުގެ ގޮތުން އެކިއެކި ސަރުކާރުގެ މުއައްސަސާ ތަކުން ފުރިހަމަ ކުރަންހަވާލުކުރާ ޕްރޮޖްކްޓް އަޕްޑޭޓްތައް ޤަވާއިދުން ފުރިހަމަކޮށް އަޕްޑޭޓް ކުރަމުން ދިއުން.
  12. ސެކްޝަނަށް އަލަށް ވަންނަ މުވައްޒަފުން އޮފީހުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުން.
  13. ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރާއްޖެ ތެރެއަށް ކުރާ ދަތުރު ތަކުގެ ޓިކެޓު ބުކިންގްސް ހަދައި ހުރުމާ ކެއުމާއި ދަތުރުގެ އެހެން އިންތިޒާމްތައް ހަމަޖެއްސުން.
  14. އެހެން ސެކްޝަންގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުމަށް އެދިއްޖެ ހާލަތުގައި އެއްބާރުލުން ދިނުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

08 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/mnu-hr-2026-229

ނޯޓް:

 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަންބަރު ފޯނަށެވެ.

 

01 އޮކްޓޫބަރު 2026