ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-CO/302/2026/45
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 22 އޮކްޓޫބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯ ތަކެތީގެ މައުރަޒްގައި ބައިވެރިވުމާއި ގުޅޭ

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުގެވެސް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަށުގެ މުއައްސަސާތަކާއި، ޢާއްމު ފަރުދުންނަށް ހުޅުވާލައިގެން ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން 2026 ނޮވެމްބަރ 07 ވާ ހޮނިހިރު ދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ މައުރަޒްގައިވެސް އެއްމެ ރީތި ސްޓޯލް ، އެއްމެ ވިޔަފާރި ރަނގަޅު ސްޓޯލް އަދި އެއްމެގިނަ އައިޓަމް ހިމެނޭ ސްޓޯލް ހޮވިގެންދާއިރު ވަނަ ތައް ހޮވަން ނިންމާފައި ވަނީ މުއްއަސަސާތަކާއި، ޢާއްމުންގެ ބައި ވަކިންނެވެ.

         ވީމާ، މި އަހަރުގެ ކާބޯތަކެތީގެ މައުރަޒްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ރަސްމީގަޑީގައި ކައުންސިލްގެ  6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރު 7380069 އަށް މެސެޖު ކުރައްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓް ކުރެއްވުމުގެ ސުންގަޑިއަކީ 2026 އޮކްޓޫބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިންނެވެ.

30 ސެޕްޓެންބަރު 2026