ޢާންމު މަޢުލޫމާތު
ނަންބަރު: 505-A/2026/5
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 20:56
ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން

ތިލަދުންމަތީ އުތުރުބުރީ އުލިގަމު މެޖިސްޓްރޭޓް ކޯޓު

   ހއ.އުލިގަމު

   ދިވެހިރާއްޖެ

 

ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން

2026 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ، ގަވާޢިދު ނަންބަރު: R-60/2026 (މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު) ގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރާ ދެމަފިރިން ތެލެސީމިއާއަށް ޓެސްޓުކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހަޅަން ޖެހޭނެއެވެ.

ވީމާ، 2026 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން މި ކޯޓަށް ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭނެ ކަމުގައި ދަންނަވަމެވެ. ނަމަވެސް، ކައިވެނިކުރަން އެދޭ ދެމީހުންގެ ތެރެއިން އެކެއްގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާ ސިފައެއް ނެތްކަން ކަށަވަރުވާނަމަ، އަނެއް މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމުވެގެން ނުވެއެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ސެޕްޓެމްބަރު 2026

 


 
30 ސެޕްޓެންބަރު 2026