ޢާންމު މަޢުލޫމާތު
ނަންބަރު: 616-A/2026/37
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 19:04
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ޢާއްމުކުރުން

2026 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު' ގެ 64 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު: 2022/R-99  (ޢާއިލާއާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އަދި އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން "ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ސެޕްޓެންބަރު 2026