ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/61
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 29 ފެބުރުވަރީ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން

މަޤާމް :ޑީން
ބޭނުންވާ އަދަދު :1

 ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއަށް ޑީނެއް ބޭނުންވެއްޖެ

މަޤާމު:              ޑީން، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

މަޤާމުގެ ކްލެސިފިކޭޝަން:    އެކަޑަމިކް

ބޭނުންވާ އަދަދު:         1

މަޤާމުގެ މުއްދަތު:        ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:

1. މުވައްޒަފަށް ލިބޭ މުސާރައާއި އެލަވަންސް   

  • ޕީ.އެޗް.ޑީ ނަމަ، ހުރިހާ އެލަވަންސްއާއެކު މަހަކު -/30,780 ރުފިޔާ
  • މާސްޓަރ ނަމަ، ހުރިހާ އެލަވަންސްއާއެކު، މަހަކު -/27,125 ރުފިޔާ
  • ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރައާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓްވުމުގެ ފުރުޞަތު، އެކަޑަމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އޮވެއެވެ.

2. އެލަވަންސް: މި އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތް ކޮށެވެ. އަދި މަސައްކަތް ނިންމުމަށް އިތުރުގަޑީގައިވެސް މަސައްކަތް ކުރާނެ ކަމަށް ބަލައެވެ.

3. ފޯން އެލަވަންސް: މަހަކު -/500 ރުފިޔާ

ތަޢުލީމީ ޝަރުޠުތައް:

1. ދަށްވެގެން އެމް.ކިޔޫ.އޭ އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދަކާއެކު ލެވެލް 9 ގެ ސަނަދެއް، ތަނުގައި ކިޔަވައިދޭ ދާއިރާއަކުން އޮތުން.

2. ވަޒީފާގެ މަސައްކަތާބެހޭ ޑޮކިޔުމަންޓުތައް ރަނގަޅަށް އިނގިރޭސި ބަހުން ލިޔަން އެނގުން.

ތަޖުރިބާ:

މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ. މަތީ ހަރުފަތްތަކުގެ މެނޭޖްމަންޓް ތަޖުރިބާ ކަމުގައި ބަލާނީ ދަށްވެގެން އެސިސްޓަންޓް ޑިރެކްޓަރުން ފެންވަރުގެ މަޤާމުތަކުގެ ތަޖުރިބާއެވެ. މަތީ ތަޢުލީމުގެ ދާއިރާގައި ފުލްޓައިމްކޮށް ކިޔަވައިދިނުން ތަޖުރިބާގެ މުއްދަތުގެ ތެރޭގައި ގުނިދާނެއެވެ. އަދަދުކުރުމުގައި ތަޖުރިބާގެ މުއްދަތު ގުނާނީ ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

ވަޒީފާގެ ބައެއް ޝަރުޠުތައް:

1. މަޤާމުގައި ހުންނަ މީހަކު އާމްދަނީ ލިބޭ އިތުރު ވަޒީފާއެއް ޔުނިވަރސިޓީއިން ބޭރުގައި އަދާކުރެވޭނީ ކައުންސިލުގެ ހުއްދަ ލިބިގެންނެވެ.

2. ރައްޔިތުން ވޯޓުދީގެން ހޮވާ ސިޔާސީ މަޤާމަށް ކުރިމަތިލުމުން މި ވަޒީފާއިން ވަކިވާނެއެވެ.

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބް ސައިޓު URL: http://mnu.edu.mv/images/announcements/gazette-deans.pdf އިން ލިބޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު: 29 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ.  އީމެއިލް:  [email protected]

22 ފެބުރުވަރީ 2016