ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/83
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި:
10 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ވިޔަފާރި އުޞޫލުން ދަނޑުވެރިކަންކޮށް މާކެޓްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމާއި ބެހޭ
ކެނދިކުޅުދޫގައި ދަނޑުވެރިކަން ކުރުމަށް މިކައުންސިލުން ދޫކޮށްފައިވާ ދަނޑު ބިންތަކާއި އަމިއްލަ ގޯތިތެރޭގައި އަދި ފަޅުރަށްރަށުގައި ދަނޑުވެރިކަންކޮށް މާކެޓް ކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ. މި ދަފުތަރު އެކުލަވާލާނީ ދަނޑުވެރިކަމުން މާކެޓަށް ނެރޭ އެންމެހާ ބާވާތްތަކާއި އެތަކެތި މާކެޓްކުރާ ތަންތަނުގެ މަޢުލޫމާތުތައްވެސް ހިމަނައިގެންނެވެ.
އެހެންކަމުން، މިދެންނެވި ދަފުތަރުގައި ޖެއްސުމަށްޓަކައި ތިރީގައިވާ ރަޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް އަދި މި ކައުންސިލްގެ ނަންބަރ 6560013 އަށް ގުޅުއްވާ، 10 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ރެޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/zyuptrzgka
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
19 ރަބީޢުލްއޫލާ 1448
30 ސެޕްޓެންބަރު 2026