ޢާންމު މަޢުލޫމާތު
ނަންބަރު: 612-A/2026/24
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:38
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަންޖެހޭކަން އެންގުން
2026 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޤަވާޢިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު' ގެ 83 ވަނަ މާއްދާގައި، ކާވެނިކުރުމަށް އެދި ހުށަހަޅާއިރު، ކާވެނިކުރަން އެދޭ 2 މީހުން ތެލަސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހަޅަންވާނެކަމަށް ބަޔާން ކޮށްފައި ވާތީ، 2026 އޮކްޓޫބަރު 01 އިން ފެށިގެން މި ކޯޓުން ކާވެނިކޮށް ދިނުމަށް ހުށަހަޅާ ފޯމާއެކު ތެލެސީމިއާ ކާޑު ހުށަހަޅަން ޖެހޭނެ ކަމަށް އަންގަމެވެ.
ނަމަވެސް، ކާވެނިކުރަން އެދޭ 2 މީހުން ކުރެ އެކަކުގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާ ގޮތް ނެތްނަމަ، ކާވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމު ނުވާނެ ކަމަށް ވެސް އަންގަމަވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ސެޕްޓެންބަރު 2026