ޢާންމު މަޢުލޫމާތު
ނަންބަރު: 612-A/2026/22
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:38
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ޢާއްމުކުރުން
2026 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޤަވާޢިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު' ގެ 64 ވަނަ މާއްދާއާއި، ޤަވާޢިދު ނަންބަރު: 2022/R-99 (ޢާއިލާއާބެހޭ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ށ) އަދި އެ ޤަވާޢިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން "ކޯޓުން ބޭރުގައި ކާވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކާވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ސެޕްޓެންބަރު 2026