ޢާންމު މަޢުލޫމާތު
ނަންބަރު: A/IUL/344/2026 /56
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 04 އޮކްޓޫބަރު 2026 14:00
އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިން ކައުންސިލްގައި ރަޖިސްޓްރީވުމާއި ގުޅޭ:

މި އިޢުލާންވަނީ 01 އޮކްޓޫބަރު 2026 13:27 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ދަނޑުވެރިން ކައުންސިލްގައި ރަޖިސްޓްރީވުމާއި ގުޅޭ:

 

މިރަށުގައި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުގެ ދަފްތަރެއް، މިއިދާރާއިން ތައްޔާރުކުރުމުގެ މަސައްކަތްކުރެވެމުންދާ ކަމާއި އަދި މިދަފްތަރުގައި ރަޖިސްޓްރީ ވެލައްވަން ބޭނުންވެލައްވާ ފަރާތްތަކަށް އެކަމަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

އެހެންކަމުން،  މިހާރު ތިއްބެވި ދަނޑުވެރިން، 04 ސެޕްޓެމްބަރ 2026 ވާ އަދީއްތަ ދުވަހުގެ 14:00 ގެ ކުރިން އަދި އަލަށް ދަނޑުވެރިކަށް ކުރައްވަން ފައްޓަވާ ފަރާތްތަކުންވެސް މިއިދާރާގައި ރަޖިސްޓްރީވެލެއްވުމަށް ދަންނަވަމެވެ. މި އިދާރާގެ ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެލެއްވުމަށް، މި އިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއިދާރާގެ ރަސްމީގަޑީގައި ފޯމު ދޫކުރުމާއި ބަލައިގަތުމަށްވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް މި ފޯމް ބަލައިގަނެވޭނީ [email protected] އަށެވެ.

ވީމާ، މިރަށުގެ އެންމެގައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވ

30 ސެޕްޓެންބަރު 2026