ނީލަން
ނަންބަރު: (IUL)458/458/2026/12
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 11 އޮކްޓޫބަރު 2026 10:00
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިވާ ބައުތަކެތި ނީލަން ކިއުން

އިޢުލާން

 

 ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ ދަށުން މިއޮތޯރިޓީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި، ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމުން، އެއްވެސް އޮފީހަކުން އިޖާބަދެއްވާފައިނުވާތީ، އެތަކެތި ދުވަހުގެ ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 03 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭއަގު އަދި އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޯބަރ 11 ވަނަ ދުވަހު ހެނދުނު 10:00 އަށް މިއޮތޯރިޓީއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތް ތަކުން 24 ގަޑިއިރުތެރޭގައި މި އޮތޯރިޓީއަށް ފައިސާ ދެއްކުމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3328282 އަދި 3324545 އަށެވެ.

         

30 ސެޕްޓެންބަރު 2026