ދިވެހިރާއްޖެ
ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާގޮތުގެ މަތިން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ. އެގޮތުން ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.
ވީމާ، ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުން (އަމިއްލަފަރުދުން، ވިޔަފާރިތައް، ކުންފުނިތައް، ސަރުކާރުގެ އިދާރާތައް) އެފަރާތްތަކުގެ ބެލުމުގެދަށުގައިވާ ބިދޭސީން 08 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 13:00 ގެކުރިން މި އިދާރާގައި ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.
އަދި އެއްވެސްފަރާތަކުން އަލަށް ބިދޭސީއަކު ގެނެސްފިނަމަ، ނުވަތަ ގެންގުޅޭ ބިދޭސީއަކު ރަށުން ބޭރަށް ނުވަތަ އެހެން ރަށަކަށް ބަދަލުވެއްޖެނަމަ، ގިނަވެގެން 5 (ފަހެއް) ދުވަސް ތެރޭގައި މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިއިދާރާއަށް ދެއްވުންއެދެމެ