ބީލަން
ނަންބަރު: (IUL)268/268/2026/23
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 14 އޮކްޓޫބަރު 2026 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޭޝަންޓް ބެޑް ހޯދުމާއި ގުޅޭ

  ސިއްހީ ޚިދުމަތްދޭނެ ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން  މިކައުންސިލުގެ ފަރާތުން ނޭކުރެންދޫ ސިއްހީ މަރުކަޒަށް ފޯރުކޮށްދޭ ޕޭޝަންޓް ބެޑް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޮކްޓޯބަރ 14 ބުދަ ވާ ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ، ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާފޯރމާއި އިތުރު މައުލޫމާތު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) އަދި (ޤާނޫނު ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަފަރުދުންގެ ވިޔަފާރި ތަކަށެވެ.  އިޢުލާނާއި ގުޅޭ އިތުރު މައުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

30 ސެޕްޓެންބަރު 2026