ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ސެޕްޓެންބަރު 2026 12:49 ގައި ބާތިލް ކުރެވިފައެވެ.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެކިއެކި ވިޔަފާރި ކުރުމަށްޝޮޕްބަރީ ބިމުން އިމާރާތް ކުއްޔަށް ދޫކުރުން
މިއީ ކެޔޮދޫ ޝޮޕްބަރި ހިމެނޭ ބިމުގައިވާ އިމާރާތްތައް، އެކި އެކި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމާގުޅޭގޮތުން ވ.ކެޔޮދޫ ކައުންސިލުން ކުރާ އިއުލާނެކެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.
|
|
ތާރީޚް |
ގަޑި |
ތަން |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން) |
30 ސެޕްޓެމްބަރ 2026 އިން 08 އޮކްޓޯބަރ 2026ގެ ނިޔަލަށް |
ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 |
ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން: ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ (އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ |
|
ބީލަން ހުށަހެޅުން |
15 އޮކްޓޯބަރ 2026 |
13:00 |
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ |
|
ބީލަން ހުޅުވުން |
15 އޮކްޓޯބަރ 2026 |
13:00 |
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތުގެ ނަން، ރަޖިސްޓްރީ ނަމްބަރު، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް މިކައުންސިލަށް ހިއްސާ ކުރަންވާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ ފަރާތަކަށްވެސް ބީލަމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ބީލަން ހުށަހަޅާނީ، މި އިދާރާއިން މި މަސައްކަތްތައް ކަނޑައަޅާފައިވާ، އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ.
ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:00 ގައެވެ.
އީމެއިލް މެދުވެރިކޮށް ހުށަހަޅާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު:
ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ
ފޯން: 6700601
އީމެއިލް: [email protected]
30 ސެޕްޓެމްބަރ 2026