|
މަޤާމު
|
މެޑިކަލް ލެބޯރެޓަރީ ސްޕެޝަލިސްޓް އިން ހިމެޓޮލޮޖީ
|
|
މަޤާމްގެ ނަންބަރު
|
J-465282
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
ޕަބްލިކް ސަރވިސް ރޭންކް 9، ސްޓެޕް 1
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ހުޅުމާލެ ހޮސްޕިޓަލް، ކ.ހުޅުމާލެ
|
|
ޑިޕާޓްމެންޓް:
|
ލެބޯޓްރީ މެޑިސިން
|
|
މުސާރަ:
|
މަހަކު 17,486/- ރުފިޔާ
|
|
މަގާމުގެ އެލަވަންސް:
|
މަހަކު 8160/- ރުފިޔާ
|
|
ހާޒިރީ އިނާޔަތް:
|
221/- ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)
|
|
އިތުރު އިނާޔަތްތައް
|
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 މެއި 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ލެބޯޓްރީ ޑިޕާޓްމަންޓުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ، ސައިންޓިފިކް އަދި ޕްރޮފެޝަނަލް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ހޭމަޓޮލޮޖީ އަދި އިމިއުނޯހޭމަޓޮލޮޖީގެ މައިގަނޑު މާހިރެއްގެ ގޮތުގައި މަސައްކަތްކުރުން.
- ހޭމަޓޮލޮޖީގެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދީ، އެ ދާއިރާގެ މަސައްކަތްތައް ބަލަހައްޓައި ސުޕަވައިޒްކުރުން. މީގެ އިތުރުން، ކޮމްޕްލީޓް ބްލަޑް ކައުންޓް (CBC)، ޕެރިފެރަލް ބްލަޑް ފިލްމު އެގްޒެމިނޭޝަން، ލޭ ގަނޑުވުމާ ގުޅޭ (Coagulation) ތަހުލީލުތައް، ހީމޯގްލޯބިނޯޕަތީ ޓެސްޓުތައް، އިމިއުނޯހޭމަޓޮލޮޖީއާ ގުޅޭ ތަހުލީލުތައް، އަދި ލެބޯޓްރީގައި ކުރެވެން ހުރި މިފަދަ އެހެނިހެން ހާއްސަ އަދި އާންމު ތަހުލީލުތައް އަމަލީގޮތުން ކުރުން ނުވަތަ އެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
- އާދަޔާޚިލާފު، ނާޒުކު (ކްރިޓިކަލް)، ޝައްކުކުރެވޭ ނުވަތަ ފާހަގަކުރެވޭ ހެމަޓޮލޮޖީ ނަތީޖާތައް ރީވިއުކޮށް ތަހުގީގުކުރުން؛ މެނުއަލްކޮށް ނަތީޖާތައް ރީވިއުކުރުމާއި ޕެރިފެރަލް ބްލަޑް ފިލްމް ބެލުމުގެ މަސައްކަތް ކުރިއަށްގެންދިއުން ނުވަތަ ބެލެހެއްޓުން؛ އަދި ޕްރޮފެޝަނަލް ދާއިރާގެ ތެރެއިން އެކަށީގެންވާ ފަންނީ މާނަކުރުންތައް (އިންޓަރޕްރިޓޭޝަން) ފޯރުކޮށްދިނުން.
- ލެބޯޓަރީގެ ތަފާތު ސެކްޝަންތަކުގައި ކުރެވޭ ތަހުލީލުތަކާއި، މެޝިނަރީތަކާއި، ބޭނުންކުރާ މެތަޑްތަކާއި، ނަތީޖާގެ ސައްހަކަމާއި އަދި މަސައްކަތުގެ ތަރުތީބާ ގުޅޭގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި، އަމިއްލަ އިލްމާއި ތަޖުރިބާގެ އަލީގައި ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ލެބޯޓަރީއަށް އަލަށް ތައާރަފުކުރާ ޓެކްނޮލޮޖީތަކާއި، މެތަޑޯލޮޖީތަކާއި، އާލާތްތަކާއި، ރީއޭޖެންޓްތަކާއި ޑައިގްނޯސްޓިކް ޚިދުމަތްތައް ވަޒަންކުރުން (އިވެލުއޭޓްކުރުން)؛ އަދި އާންމު ޚިދުމަތަށް ނެރުމުގެ ކުރިން ހަދަންޖެހޭ ވެލިޑޭޝަން، ވެރިފިކޭޝަން، ޕަރފޯމަންސް އިވެލުއޭޝަން އަދި ރެފަރެންސް އިންޓަވަލް ވެރިފިކޭޝަންގެ މަސައްކަތްތައް އިސްވެ ނުވަތަ އެހީތެރިވެގެން ކުރިއަށްގެންދިއުން.
- އައި.އެސް.އޯ 15189 އާއި، ގައުމީ މިންގަނޑުތަކާއި، ބަޔޯސޭފްޓީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ލެބޯޓްރީގެ ކޮލިޓީ މެނޭޖްމަންޓް ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. މީގެ ތެރޭގައި އިންޓަރނަލް ކޮލިޓީ ކޮންޓްރޯލް، އެކްސްޓަރނަލް ކޮލިޓީ އެސެސްމަންޓް ނުވަތަ ޕްރޮފިޝެންސީ ޓެސްޓިންގ، ރީއެޖެންޓުގެ ފެންވަރު ބެލުމާއި، ކޮލިޓީ އިންޑިކޭޓަރުތައް ބެލެހެއްޓުމާއި، މައްސަލަތައް ދެނެގަނެ އެކަންކަން އިސްލާހުކުރުމަށް ފިޔަވަޅު އެޅުމާއި (CAPA)، އަދި ހިދުމަތުގެ ފެންވަރު މެދުނުކެނޑި ކުރިއެރުވުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ހިމެނެއެވެ.
- ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް (SOPs)، ފަންނީ އުސޫލުތައް، ޕޮލިސީތައް، ވާރކް އިންސްޓްރަކްޝަންތައް އަދި އެހެނިހެން ކޮންޓްރޯލްޑް ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ރީވިއުކުރުމާއި، އަމަލީގޮތުން ބޭނުންކުރުމާއި އިސްލާހުކުރުން؛ މީގެ ތެރެއިން ހެމަޓޮލޮޖީ އަދި އިމިއުނޯހެމަޓޮލޮޖީގެ ފަންނީ ލިޔެކިޔުންތަކުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލުން.
- ސީނިއާ މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، ޓެކްނީޝަނުންނާއި، ފްލެބޮޓޮމިސްޓުންނާއި، އިންޓާންއިންނާއި، ކިޔަވާ ކުދިން އަދި ލެބޯޓްރީގެ އެހެނިހެން މުވައްޒަފުންނަށް ބޭނުންވާ މަތީ ފެންވަރުގެ ތަމްރީނާއި، އިރުޝާދާއި، ދާއިމީ ތައުލީމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި މުވައްޒަފުންގެ ގާބިލުކަން ވަޒަންކުރުމާއި (competency assessment) ފަންނީ ތަރައްގީގެ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
- ސެކްޝަން އިން-ޗާޖުންނާއި ލެބޯޓަރީ މެނޭޖްމަންޓާއެކު ގުޅިގެން މަސައްކަތުގެ މިންވަރާއި، ނަތީޖާ ނެރެދޭ އަވަސްމިނާއި (TAT)، ކުއަލިޓީ އިންޑިކޭޓަރުތަކާއި، ރީއޭޖެންޓް ބޭނުންކުރެވޭ މިންވަރާއި، މެޝިނަރީތަކުގެ ފެންވަރާއި، ތަމްރީނަށް ބޭނުންވާ ކަންކަމާއި އަދި މަސައްކަތުގެ ތަރުތީބު ރިވިއުކުރުން؛ މީގެ އިތުރުން ފަންނީ ގޮތުންނާއި ހިދުމަތް ދިނުމުގައި ހުރި ހުރަސްތައް ދެނެގަނެ، ލެބޯޓްރީގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާހިރެއްގެ ހައިސިއްޔަތުން ލަފާދިނުން
- ލެބޯޓަރީ ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ އޮޑިޓްތަކާއި، ރިސްކް އެސެސްމަންޓްތަކާއި، އެކްރެޑިޓޭޝަން ހަރަކާތްތަކާއި، ބަޔޯސޭފްޓީ އަދި އިންފެކްޝަން ކޮންޓްރޯލް ހަރަކާތްތަކާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމާއި، ކުއަލިޓީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓްތަކާއި ޚިދުމަތް ތަރައްގީކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެ ބައިވެރިވުން.
- ލެބޯޓަރީ މެޑިސިން އަދި ހެމަޓޮލޮޖީގެ ދާއިރާއަށް އަންނަ ކުރިއެރުންތައް ބަލައި މޮނިޓަރުކުރުން؛ އަދި ތަމްރީނުތަކާއި، މަޝްވަރާތަކާއި، ކުރިއަށްދާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގެ ތެރެއިން ގުޅުންހުރި ސައިންޓިފިކް، ޓެކްނޮލޮޖިކަލް އަދި ޕްރޮފެޝަނަލް ކުރިއެރުންތައް ލެބޯޓަރީ މުވައްޒަފުންނަށް ފޯރުކޮށްދިނުން
- ޑައިގްނޯސްޓިކް މެތަޑްތަކާއި، ލެބޯޓަރީގެ އަމަލީ މަސައްކަތްތަކާއ ބަލިމީހުންނަށް ދެވޭ ފަރުވާ އަދި ފަންނީ އިލްމު ކުރިއެރުވުމަށްޓަކައި ހިންގޭ ދިރާސާތަކާއި، އޮޑިޓްތަކާއި، ހިދުމަތް ވަޒަންކުރުމުގެ މަސައްކަތްތަކާއި އަދި ސައިންޓިފިކް މަޝްރޫއުތަކުގައި ބައިވެރިވުން އަދި އެފަދަ ކަންކަން އިސްވެ ހިންގުން.
- މަސައްކަތުގެ މިންވަރު އިތުރުވުމުން، މުވައްޒަފުން މަދުވުމުން، ކުއްލި ހާލަތްތަކުގައި، ހިދުމަތަށް އޮންނަ ޑިމާންޑަށް ބަލައި ނުވަތަ އިދާރީ އެހެނިހެން ބޭނުންތަކަށްޓަކައި، ލެބޯޓްރީގެ ކޮންމެ ސެކްޝަނެއްގެ އާންމު މަސައްކަތްތަކުގައިވެސް ބައިވެރިވުން. މީގެ ތެރޭގައި ސާމްޕަލް ނެގުމާއި، ސާމްޕަލް ޕްރޮސެސްކުރުމާއި، ތަހުލީލުތައް ކުރުމާއި، ނަތީޖާތައް ދޫކުރުން އަދި އަމިއްލަ ތަމްރީނާއި ގާބިލުކަން ހުރި ދާއިރާތަކުން ލެބޯޓްރީގެ އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ.
- ލެބޯޓްރީ ޑިޕާޓްމަންޓުގެ ހެޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިސްތިރާޖީ ރޭވުންތައް އެކުލަވައިލުމާއި (ސްޓްރެޓީޖިކް ޕްލޭނިންގ)، ހިދުމަތްތައް ފުޅާކުރުމާއި، މެޝިނަރީއާއި ތަކެތި ހޯދުމަށް ބޭނުންވާ މައުލޫމާތު (specifications) ތައްޔާރުކުރުމާއި، އުސޫލުތައް އެކުލަވައިލުމާއި، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމާއި، އެކްރެޑިޓޭޝަން ހޯދުމާއި، އަދި ޑިޕާޓްމަންޓުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި އެހީތެރިވުން. މީގެ އިތުރުން، މަސައްކަތުގެ ބޭނުމަށް ލެބޯޓްރީއާ ގުޅުންހުރި ގޮތުން ހަވާލުކުރެވޭ އެހެނިހެން ޒިންމާތައް އަދާކުރުން
|
|
މަޤާމުގެ ޝަރުތު
|
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ،
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް
|
މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން މެޑިކަލް ލެބޯރެޓަރީ ދާއިރާއިން ރަޖިސްޓްރޭޝަން ލިބިފައި އޮތުން
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
މެޑިކަލް ލެބޯޓްރީ ސަރވިސަސް
|
|
ތައުލީމީ ރޮނގުތައް
|
- ބަޔޯމެޑިކަލް ސައެންސް
- ކްލިނިކަލް ލެބޯޓްރީ ސައެންސް
- ކްލިނިކަލް މައިކްރޯ ބަޔޮލޮޖީ
- ޑައިގްނޯސްޓިކް މައިކްރޯ ބަޔޮލޮޖީ
- މެޑިކްލް ލެބޯޓަރީ ސައެންސް
- މެޑިކްލް ލެބޯޓަރީ ޓެކްނޮލޮޖީ
- މެޑިކަލް ސައިންސް
- މެޑިކަލް ޓެކްނޮލޮޖީ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
- (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ
.
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ60 (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޯބަރު 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓްލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
އިންޓަރވިއު އާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 09 އޮކްޓޯބަރު 2026 އާއި 05 ނޮވެމްބަރ 2026 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.
|
|
މަޢުލޫމާތު ސާފުކުރުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|