ދިވެހިރާއްޖެ
މަޤާމު ރެޖިސްޓާރޑް ނާރސް
މަޤާމުގެ ނަންބަރު J-465829
ބޭނުންވާ އަދަދު 01 (އެކެއް)
މަޤާމުގެ ގިންތި ދާއިމީ
މަޤާމުގެ ރޭންކް ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 5 ސްޓެޕް 1)، ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 7 ސްޓެޕް 1)
ވަޒީފާ އަދާކުރަންޖެހޭ ތަން ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު
މަޤާމުގެ މުސާރައާއި އެލަވަންސްތައް
މަޤާމު ރޭންކް އަސާސީ މުސާރަ މަޤާމުގެ އެލަވަންސް ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)
ރެޖިސްޓާރޑް ނާރސް ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1 11،428.00 ރުފިޔާ 5،333.00 ރުފިޔާ 144.00 ރުފިޔާ
ރެޖިސްޓާރޑް ނާރސް ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1 13،057.00 ރުފިޔާ 6،094.00 ރުފިޔާ 165.00 ރުފިޔާ
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 5 – ސްޓެޕް 1)
1. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވައި އެ ޕްލޭނާއި އެއްގޮތަށް ފަރުވާ ދިނުން.
2. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑަކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި، އިވެލުއޭޓް ކުރުން.
3. ބަލިމީހާއާއި ބަލިމީހާގެ އާއިލާ ބަލިން ރައްކާތެރިވުމާއި، ފަރުވާކުރުމާއި، ކެއަރ އާއި ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުން ފިލުވައިދިނުން.
4. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑަކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާދީ، އެފަރުވާއަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި، ބަލިމީހާއަށް ޚާއްސަ ސިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
5. ބަލިމީހާގެ ސިއްޙީ މަޢުލޫމާތާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަކުރުން.
6. ފަރުވާދޭ މާޙައުލުގައި އަދި މުޖުތަމަޢުގައި ހިންގާ ނަރުހުންނަށް އުނގަންނައި ދިނުމުގެ ޙަރަކާތްތަކާއި، ސިއްޙީ ހޭލުންތެރިކަމާއި، ސިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
7. ނާރސިންގ މިޑްވައިފުންގެ ތަމްރީން ލިބިފައިވާނަމަ، އެ މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
8. ނާރސިންގ ކެއަރގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ސިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާވިސް ރޭންކް 7 – ސްޓެޕް 1)
1. ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ރައްކާތެރިކަމާއެކު ރާވައި ޚިދުމަތްދީ އިވެލުއޭޓް ކުރުން.
2. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާރސިންގ ކެއަރ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސް ކޮށްގެން ރާވައި އެޕްލޭނާއި އެއްގޮތަށް ފަރުވާދިނުން.
3. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނާރސިންގ ކެއަރ ޑަކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.
4. ފަރުވާދޭ މާޙައުލުގައި އަދި މުޖުތަމަޢުގައި ހިންގާ ނަރުހުންނަށް އުނގަންނައި ދިނުމުގެ ޙަރަކާތްތަކާއި، ސިއްޙީ ހޭލުންތެރިކަމާއި ސިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
5. ބަލިމީހާއާއި ބަލިމީހާގެ އާއިލާ ބަލިން ރައްކާތެރިވުމާއި ފަރުވާ ކުރުމާއި ކެއަރ އާއިބެހޭ ގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުން ފިލުވައި ދިނުން.
6. އެހެން ނަރުހުންނާއި ބަލިމީހާއަށް ޕަރސަނަލް ކެއަރ ދޭ އެހެން ސިއްޙީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް ވިލަރެސް ކުރުން.
7. ނާރސިންގ މިޑްވައިފުންގެ ތަމްރީން ވެފައިވާނަމަ، އެމަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
8. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑަކްޓަރީ ބޭހާއި އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަ ގޮތަ ބަލަމުން ގެންދިއުމާއި އޭނާއަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް އެހެން ސިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ޙާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.
9. ބަލިމީހާގެ ސިއްޙީ މަޢުލޫމާތާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަކުރުން.
10. ނާރސިންގ ކެއަރގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅޭ ރެކޯޑްތައް ބަލަހައްޓާ ޤައުމީ ސިއްޙީ ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން
މަޤާމުގެ ޝަރުތުތައް ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާރވިސް ރޭންކް 5 – ސްޓެޕް 1)
1. މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ، ނާރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.
ރެޖިސްޓާރޑް ނާރސް (ޕަބްލިކް ސާރވިސް ރޭންކް 7 – ސްޓެޕް 1)
1. މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ޤަބޫލުކުރާ، ނާރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލް ކޮށްފައިވުން.
މަޤާމުގެ ތަޢުލީމީ ރޮނގުތައް: • އެނެސްތެޓިކް ކެއަރ
• ކްރިޓިކަލް ކެއަރ
• ނާރސިންގ
• ނާރސިންގ އެންޑް މިޑްވައިފަރީ
• ޕީޑިއާޓްރިކްސް
ގުޅޭ ވަޒީފާގެ ދާއިރާތައް: • ނާރސިންގ
ހުށަހަޅަންޖެހޭ ލިޔުންތައް 1. ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންޓަރުން، މި ސިއްޙީމަރުކަޒުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx ހުންނާނެއެވެ.
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
4. ސިވިލް ސާވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިސް ސާވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލްސާވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށް ދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަސް އަދި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާއަދާ ކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެ އެވެ.)
(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، (އަހަރާއި މަހާއި ދުވަސް އެނގޭނެ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫމަންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު".
• މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ރެޖިސްޓާރޑް ނާރސް ، (ޕަބްލިކް ސަރވިސް ރޭންކު 5 – ސްޓެޕް 1)
• އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު - %30.00
• ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު - (ގިނަވެގެން 15.00 ޕޮއިންޓް) 15.00%
• އިންޓަވިއު އަދި ޕްރެޒެންޓޭޝަން : 50.00%
ރެޖިސްޓާރޑް ނާރސް ، (ޕަބްލިކް ސަރވިސް ރޭންކު 7 – ސްޓެޕް 1)
• އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު: %35.00
• ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު - (ގިނަވެގެން 15.00 ޕޮއިންޓް) 15.00%
• އިންޓަވިއު އަދި ޕްރެޒެންޓޭޝަން: %50.00
މަޤާމަށް އެދެންވީގޮތާއި ސުންގަޑި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮކްޓޯބަރު 07 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފ. ދަރަނބޫދޫ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން، ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެތަނާއި މުއްދަތު 2026 އޮކްޓޯބަރު 08 އިން 2026 އޮކްޓޯބަރު 15 އާދެމެދު ފ. ދަރަނބޫދޫ ސިއްޙީމަރުކަޒު/މިނިސްޓްރީ އޮފް ހެލްތުގައެވެ.
ޝޯޓްލިސްޓް ކުރުން މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2) އާންމުކުރުން އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކޮށް ފެންނާނެހެން މި އިދާރާއާއި އިދާރާގެ ސޯސިއަލް ޕްލެޓްފޯމްތަކުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ޝަކުވާއެއް އޮތްނަމަ، A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި މަރުކަޒުގެ ނަމްބަރު 6740688 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. "ނަރުހުންގެ ޖޮބްމެޓްރިކްސް ތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަނު ކުރުމުގެ އުޞޫލު 2023" (އިސްލާހު 2) (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.