ދިވެހިރާއްޖެ
|
Disaster Risk Reduction (DRR) Leaders Capacity Development for the Sendai Framework Implementation 2027 |
||
|
ޤައުމު: ޖަޕާން |
މާސްޓަރސް ޑިގްރީ (2 އަހަރު) ޕީ. އެޗް.ޑީ (3 އަހަރު) |
ކޯހުގެ ލެވެލް އަދި ޢަދަދު: |
|
އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ލިސްޓުގައިވާ ޔުނިވަރސިޓީ އަދި ކޯސްތައް |
ކޯހުގެ ދާއިރާ: |
|
|
މާސްޓަރސް ޑިގްރީގެ ޝަރުތު: 1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. ހ. TOEFL iBT އިން 80 އިން ފެށިގެން މަތި ށ. IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 އިން ފެށިގެން މަތި ނ. Duolingo އިން 125-120 އިން ފެށިގެން މަތި 4. ސިވިލް ސަރވިސްގެ މުވައްޒަފަކަށް ނުވަތަ އެކަޑެމިކް ރިސާރޗަރަކަށްވުން ޕީ.އެޗް.ޑީ ޑިގްރީގެ ޝަރުތު: 1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން. ހ. TOEFL iBT އިން 80 އިން ފެށިގެން މަތި ށ. IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.5 އިން ފެށިގެން މަތި ނ. Duolingo އިން 125-120 އިން ފެށިގެން މަތި 4. ސިވިލް ސަރވިސްގެ މުވައްޒަފަކަށް ނުވަތަ އެކަޑެމިކް ރިސާރޗަރަކަށްވުން އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން. |
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. |
ހުށަހަޅަންޖެހޭ ތަކެތި: |
|
|
* ކޯސްތަކާއިބެހޭ ގައިޑްލައިނާއި ކޯސް ހިންގާ ޔުނިވަރސިޓީތައް ހިމެނޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. * މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ. * މިސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، ރީސަރޗް ސަޕޯޓް އެކްސްޕެންސަސް، ލިވިންގް އެލަވަންސް، ދެކޮޅު އެއަރ ޓިކެޓް، އައުޓް ފިޓް އެލަވަންސް، މޫވިންގް އެލަވަންސް، ޔުނިވަރސިޓީ އެގްޒަމިނޭޝަން ފީ، މެޑިކަލް ކެއަރ މި ކޯސް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. * މި ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ދޭ ޚަރަދުތަކާއި ކެންޑިޑޭޓުން އަމިއްލައަށް ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލް މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓުން ލިބޭނެއެވެ. * މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، JICA އެޕްލިކޭޝަން ފޯމާއި އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެއް އަސްލު މިމިނިސްޓްރީއަށް 14 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ހުށަހެޅޭގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުން އެދެމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު ވެބްސައިޓަށް އަޕްލޯޑު ކުރެވިފައިވާ އިންފޯމޭޝަން ޝީޓްތަކުން ލިބޭނެއެވެ. * ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން، އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކަށް މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
ސުންގަޑި: 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން |
||
|
އެޕްލިކޭޝަން ހުށަހަޅާނީ : މި މިނިސްޓްރީގެ ޕޯޓަލް https://kuri.egov.mv މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިން ކުރާނީ [email protected] އަށެވެ. |
||