ވަޒީފާގެ ފުރުޞަތު
ނަންބަރު: GS37/2016/12
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 25 ފެބުރުވަރީ 2016 12:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް. ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ހޯދަން ބޭނުންވެއެވެ.

މަގާމު:

އެސިސްޓެންޓް ލައިބްރޭރިއަން (ވަގުތީ)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: އިދާރީ

މުސާރަ:

މަސައްކަތްކުރާ ދުވަހަކަށް -/200 ރުފިޔާ

މުއްދަތު:

6 (ހައެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު:

1- ލައިބްރަރީއާ ގުޅޭ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ދަރިވަރުންނާއި ޓީޗަރުންނަށް، ލައިބްރަރީން ފޮތް ދޫކުރުން
  • ލައިބްރަރީގައި ފޮތްތައް އަތުރަންޖެހޭގޮތަށް އަތުރައި، ތަރުތީބުކޮށް ބެލެހެއްޓުން.
  • ލައިބްރަރީގައި ބެހެއްޓިފައި ހުންނަ ފޮތްތަކުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
  • ލައިބްރަރީގައި ހުންނަ ފޮތާއި ޓީޗިންގ އެއިޑްސް ފަދަ ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • ލައިބްރަރީގެ ޚިދުމަތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  • ލައިބްރަރީގެ ސާފުތާހިރުކަން ބެލެހެއްޓުން.

މަގާމު:

މަސައްކަތު (ވަގުތީ)

މަޤާމުގެ ރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން: އިދާރީ

މުސާރަ:

މަސައްކަތްކުރާ ދުވަހަކަށް -/150 ރުފިޔާ

މުއްދަތު:

6 (ހައެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން:

ފ. އަތޮޅު ތަޢުލީމީ މަރުކަޒު، ފ. ނިލަންދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  1. ސްކޫލުގެ އިމާރާތްތަކާއި، ފުރާޅުތަކާއި، ރުއްގަހާއި، ގޯތިތެރެ ކުނިކަހައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
  2. މާލޭން ސްކޫލަށް ގެންނަ ތަކެތި ބަނދަރުން ސްކޫލަށް ގެނައުން.
  3. ސްކޫލުން އަންގާ ގޮތެއްގެ މަތިން، ސްކޫލާއި، އެކިއެކި އޮފީސްތަކުގެ ބޭނުމަށް ހޯލާއި އެހެނިހެން ތަންތަން  ތައްޔާރުކުރުން.
  4. މަރުކަޒުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލޭނެ ކަންތައްތައް:

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ، ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ  ސިވިލް  ސަރވިސްގެ  ވަޒީފާތަކަށް  މީހުން  ހޮވުމާއި  ޢައްޔަންކުރުމުގެ  މިންގަނޑުތަކާއި  އުޞޫލުތަކަށެވެ. މިގޮތުން، މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ، A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން، އެ ބައިތަކުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ ހުނަރު (އިންޓަވިއުކޮށްގެން ބަލައި ކަށަވަރުކުރާ ބައި)

 

 

މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން:

- މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  28 ފެބުރުވަރީ 2016 އާއި  1 މާރިޗު 2016 އާ ދޭތެރޭގައި މި މަރުކަޒުގެ އޮފީހުގައެވެ.

- އިންޓަވިއުއަށް ހާޒިރުވާއިރު، މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި  މަޤާމަށް  ކުރިމަތިލުމަށް  ބޭނުންވާ  ފަރާތްތަކުން،  ތިރީގައިވާ  ލިޔުންތަކާއެކު،  2016  ފެބުރުވަރީ  25  ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން އެޕްލިކޭޝަން ފޯމު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

  1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  4. ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްވާފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި، ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ، އިންޓަވިއު ޕެނަލުން އެ ލިޔުންތަކުގެ އަޞްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 7952909 އެވެ. އީމެއިލް ކުރާނަމަ، މި ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކުރުން އެދެމެވެ.

7 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016