ނީލަން
ނަންބަރު: (IUL)222-A/222/2026/14
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:04
ސުންގަޑި: 07 އޮކްޓޫބަރު 2026 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މި މަރުކަޒުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި މަރުކަޒުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން ޗާންދަނީމަގުގައި ހުންނަ ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯގައި 2026 އޮކްޓޯބަރު 8 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި އޮންނާނެއެވެ. މި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2026 އޮކްޓޯބަރު 7 ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެ ވަޑައިގެންނެވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2026 އޮކްޓޯބަރު 8ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00އަށް ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެވަޑައިގެން، ނީލަމުގައި ބައިވެރިވެވަޑައިގެންނެވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދަވާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެ ވަޑައިގެންނެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ސެޕްޓެންބަރު 2026