ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/16
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 01 މާރިޗު 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:                        އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        ޖީ.އެސް 4

ކްލެސިފިކޭޝަން :                  އޮފިސަރ ގރ. 2

މުސާރަ :                      -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                        ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :       ފިނޭންސް އެންޑް ފެސިލިޓީސް, މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މޯލްޑިވްސް ޕޮލިޓެކްނިކުގެ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ކަމާގުޅޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުތަކުން ހޯދުމަށްފަހު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ބަޖެޓް ތައްޔާރުކުރުކޮށް މިނިސްޓްރީން އަންގާ ތާރީޚަކަށް ބަޖެޓް މިނިސްޓްރީއަށް ފޮނުވުން.

2- މޯލްޑިވްސް ޕޮލިޓެކްނިކްގެ ބިޒްނަސް އޭރިޔާ ނަންބަރު 1263ގެ ބިލުތަކަށް ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ވައުޗަރ ތައްޔާރުކުރުވައި، ތައްޔާރުކޮށް ނިމޭ ޕޭމަންޓް ވައުޗަތައް މިނިސްޓްރީއަށް ފޮނުވައި، ނިމޭވަރަކުން އަންގަންޖެހޭ ފަރާތްތަކަށް އެކަން އެންގުން.

3- ފައިސާ ދެއްކުނު ބިލުތަކާއި ނުދެއްކި ހުރި ބިލުތަކުގެ ތަފުސީލު މޮނިޓަރކޮށް ބެލެއްޓުމާއި، އެ މަޢުލޫމާތު ހިއްސާ ކުރަންޖެހޭ ޑިޕާޓްމަންޓް/ ސެކްޝަން/ ޔުނިޓުގެ ވެރިންނާ އެ މަޢުލޫމާތުތައް ހިއްސާކުރުން.

4- ބަޖެޓުގެ ކޯޑުތަކުގެ ބާކީ ދުވަހުން ދުވަހަށް ޗެކުކޮށް ބެލެހެއްޓުމާއި، އެއްކޯޑުން އަނެއް ކޯޑަން ފައިސާ ބަދަލުކުރަންޖެހޭ ހާލަތުގައި އެކަންކޮށް އެ މަޢުލޫމާތުތައް ހިއްސާކުރަންޖެހޭ ވެރިންނާ ހިއްސާކުރުން.

5- ބަޖެޓަށް ލިބޭ ފައިސާ ބަލައިގަނެ ޕޮލިޓެކްނިކުގެ ބިޒްނަސް އޭރިޔާ ނަންބަރު 1263 އާއި ޓްރަސްޓް ފަންޑްގެ ބިޒްނަސް އޭރިޔާ ނަންބަރު 8013 އަށް ޖަމާކުރަންޖެހޭ ފައިސާ އެ އެކައުންޓަކަށް ޖަމާކުރުން.

6- ބަޖެޓް ކޮންޓްރޯލް (އުނިކޮށް އިތުރުކުރުމުގައި) ބަޖެޓް ސެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތުގެ ލަފާގެމަތިން ކުރުން.

7- މޯލްޑިވްސް ޕޮލިޓެކްނިކްގެ ބަޖެޓް ރިޕޯޓުތައް މަހުންމަހަށް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.

8- އަހަރު ނިމުމުން ބަޖެޓް ރިކޮންސިލްކޮށް ބަޖެޓާ ގުޅޭ ހުރިހާ މަސައްކަތެއް ނިންމުން.

9- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

10- ބަޖެޓް ސެކްޝަންގެ އިސްވެރިޔާގެ ލަފާގެމަތިން ބަޖެޓްގެ އެންމެހައި ހަރަކާތްތައް ފުރިހަމަކުރުން

11- އޮފީހުގެ ޑިއުޓީ އަދާކުރުމާއި އޮފީސް ހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރު ގޮތެއްގައި ބަލައި ޗެކުކުރުން)

12- އަދާ ކުރާ ވަޒީފާއާ ގުޅޭގޮތުން އިސްވެރިޔާ ޙަވާލުކުރައްވާ މަސައްކަތްތައް ކުރުން.

ޝަރުޠު:

ތައުލީމީ ފެންވަރު:

1. އެކައުންޓިންގ/ ފައިނޭންސް / ބިޒްނަސް / އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުން ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓިންގ/ ފައިނޭންސް / ބިޒްނަސް / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ.މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއާއި ޕްރެކްޓިކަލް އޮންނާނީ 02 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

18 ފެބުރުވަރީ 2016