މަސައްކަތް
ނަންބަރު: (IUL)197-A2/197/2026/58
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 13 އޮކްޓޫބަރު 2026 11:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ 07 (ހަތެއް) ފަނޑިޔާރުންނަށް ގައުން ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ކޯޓުގެ ނަންބަރު (IUL)197-A2/197/2026/50 (06 ސެޕްޓެންބަރު 2026) އިޢުލާނުން މި ކޯޓުގެ 07 (ހަތެއް) ފަނޑިޔާރުންނަށް ގައުން ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ އިޢުލާނަށްވެސް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާނުކުރަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އޮކްޓޫބަރު 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

29 ސެޕްޓެންބަރު 2026