ދިވެހިރާއްޖެ
އިޢުލާން
އެސްއެމްއީ ޑިޖިޓަލް ޕްރައިވެޓް ލިމިޓެޑް އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
|
# |
ތަކެތީގެ ނަން |
ޢަދަދު |
|
1 |
ގޮނޑި |
7 |
|
7 |
އެގްޒެކެޓިވް މޭޒު |
4 |
މި ތަކެތީގެ ތަފުޞީލީ ލިސްޓު ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރައްވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރީވުން:
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 08 އޮކްޓޮބަރު 2026 ވަނަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ މައުލޫމާތު [email protected] އަށް ފޮނުއްވައިގެން ރެޖިސްޓަރީކުރެއްވުން އެދެމެވެ.
- ނަން އަދި އައިޑެންޓިޓީ ކާޑު ނަންބަރު:
- ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
ނީލަން ކިޔުން
|
ތާރީޚް |
ގަޑި |
ނީލަން ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާ ތަން |
|
11 އޮކްޓޮބަރު 2026 |
15:00 |
މ. ސިސިލް ގާޑަން 4 ވަނަ ފަންގިފިލާ |
މުދާ ގެންދިޔުން
ނީލަން ކާމިޔާބު ކުރާތާ 36 ގަޑިއިރު ތެރޭގައި މި ކުންފުނީގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، މުދާ ގެންދަންވާނެއެވެ. މިގޮތުން މުދާ ގެންދިއުމުގެ އެންމެހާ އިންތިޒާމް ނީލަން ކާމިޔާބުކުރާ ފަރާތުން ހަމަޖައްސަންވާނެއެވެ. އަދި، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންގޮސް ހުންނަ މުދާ، ނީލަން ކާމިޔާބުކުރި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ނައްތާލެވޭނެއެވެ.
އިތުރު މައުލޫމާތު:
ނީލަމުގައި ބައިވެރިވެވޭނީ، ރަޖިސްޓަރީވުމަށްފަހު ނީލަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގަޑިއަށް ޙާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިމިވާ އީމެއިލް އަށް ފޮނުއްވައި ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އެސްއެމްއީ ޑިޖިޓަލް ޕްރައިވެޓް
މ.ކަނީރުވިލާ 2 ވަނަ ފަންގިފިލާ
އޯކިޑް މަގު، މާލެ، 20212
އީމެއިލް: [email protected]
ފޯނު: 1613