ނީލަން
ނަންބަރު: 572-A/2026/16
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 08 އޮކްޓޫބަރު 2026 00:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ރ. ކިނޮޅަހު މެޖިސްޓްރޭޓް ކޯޓުގައި ހުރި، ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމާގުޅޭ

މި ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން 2026 އޮކްޓޯބަރ 11 ވާ އާދިއްތަ ދުވަހުގެ 00:10 ގައި މި ކޯޓުގައި އޮންނާނެއެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2026 އޮކްޓޯބަރު 11 ވާ އާދިއްތަ ދުވަހުގެ 00:10 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޭ  bp.finance.gov.mvމެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 6580354 ފޯނަށް ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

           29 ސެޕްޓެމްބަރ 2026

29 ސެޕްޓެންބަރު 2026