މަސައްކަތް
ނަންބަރު: (IUL)391/391/2026/112
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:08
ސުންގަޑި: 04 އޮކްޓޫބަރު 2026 11:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެދަށުގައިވާ އެކި ޢިމާރާތްތަކުގައި ހަރުކުރެވިފައިވާ އެއާކޮންޑިޝަނަރުތައް (އޭސީ) އެއްއަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާނު

               ކައުންސިލް އިދާރާ އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެކި ޢިމާރާތްތަކުގައި ހަރުކުރެވިފައިވާ އެއާކޮންޑިޝަނަރުތައް (އޭސީ) އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ދުވަސްތަކަށް މި އިދާރާއަށް ވަޑައިގެން މައުލޫމާތު  ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އައިޓަމް / ތަފްސީލް

ތާރީހް

ދުވަސް

ތަން

މައުލޫމާތު ސާފުކުރުން

30 ސެޕްޓެމްބަރ 2026

ބުދަ

13:15 (މެންދުރު)

އަންދާސީ ހިސާބު ހުށަހެޅުއްވުން

4 އޮކްޓޫބަރ 2026

އާދިއްތަ

11:00 (ހެނދުނު)

 

               ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2026