ބީލަން
ނަންބަރު: (IUL)FDC/1/2026/72
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 01 އޮކްޓޫބަރު 2026 10:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ވީއެމް ޑާޓާ ކްލައުޑް ފޮރ މައިކްރޮސޮފްޓް : ފައުންޑޭޝަންގެ ލައިސެންސް ފޯރު ކޮށްދޭނެ ފަރާތެއް ހޯދުން (ރީ- އެނައުންސްމަންޓް)

މި ކޯޕަރޭޝަނަށް ވީއެމް ޑާޓާ ކްލައުޑް ފޮރ މައިކްރޮސޮފްޓް 365: ފައުންޑޭޝަންގެ ލައިސެންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)FDC-  P/1/2026/69  އިޢުލާން ބާތިލްކޮއް އަލުން ފުރުސަތު ހުޅުވާލަމެވެ.   

ވީމާ، މި ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

(IUL)FDC/1/2026/72 - Provision of Veeam Data Cloud for MS 365: Foundation Licenses  – Fill out form

ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

30 ސެޕްޓެމްބަރ 2026 / 10:00 ގެ ކުރިން

މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

01 އޮކްޓޯބަރ 2026 / 10:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

06 އޮކްޓޯބަރ 2026 / 10:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބީލަމުގެ ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން

 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2026