ދިވެހިރާއްޖެ
މި ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލްގެ ތިންވަނަ މަދަޙަ މުބާރާތް 24 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޕްރީސުކޫލާއި، ވ.އަތޮޅުމަދަރުސާގެ ދަރިވަރުންގެ އިތުރުން ޢާއްމު ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ޢާއްމުރައްޔިތުންގެ ތެރެއިން މި މުބާރާތުގައި ބައިވެރިވެވޭނީ ވ.ފުލިދޫގެ ރައްޔިތުންނަށާއި، ރަށުގައި ދިރިއުޅުއްވާ ރައްޔިތުންނަށެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 07 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އިއުލާންގައި ހިމަނާފައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށް ދަތިވާ ފަރާތްތަކުން ކައުންސިލް އިދާރާގެ ނަންބަރ 6700603 ނުވަތަ 9896446 ކާއި ގުޅުއްވައިގެން ނަންނޯޓް ކުރައްވަމުން ގެންދިއުމަށް އެދެމެވެ. މިމުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިކައުންސިލް އިދާރާގެ ފޯނު ނަންބަރު 6700603 ނުވަތަ 9896446 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އާންމުކުރީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނު ކުރީމެވެ.