ބީލަން
ނަންބަރު: (IUL)255/255/2026/48
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 08 އޮކްޓޫބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްކުރުމަށް އުތީމުން ބިން ދޫކުރުން

ސިނާއީ މަސައްކަތްކުރުމަށް އުތީމުން 3 ބިމެއް 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 އޮކްޓޯބަރ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލްވެސް ކުރެވިދާނެއެވެ.   

 

މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 2026 އޮކްޓޯބަރު 08 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އުތީމު ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، ބީލަން ހުށަހަޅާ ފޯމުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އުތީމު ކައުންސިލްގެ އިދާރާއިންނާއި އަދި މިއިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އަދި، އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 ން 13:30 އަށް މިކައުންސިލްގެ ނަންބަރު 6500038 ފޯނަށް ގުޅުއްވުން އެދެމެވެ.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2026