މަސައްކަތް
ނަންބަރު: (IUL)383/239/2016/1
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 03 މާރިޗު 2016 10:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ އިމާރާތްކުރުން

އިޢުލާން

ހިނަވާގެ އިމާރާތްކުރުން

ތ.ވިލުފުށީގައި ޢިމާރާތް ކުރަން ފަށާފައިވާ ހިނަވާގެ (ތަނބު ދަގަނޑުތަކާއެކު ފައުންޑޭޝަން އަޅާފައިހުރި) ޢިމާރާތުގެ ތަނބުތަކާއި ރޫފްބީމުގެ ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމާބެހޭ މަޢުލޫތުދިނުން، 2016 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި އިދާރާގައި އޮންނާނެއެވެ. އަދި މިކަމަށް އެދި އަގު ހުށަހެޅުން، 2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކު އެކަން ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހަޅުމަށް ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

މާކްސް ދެވޭނެ ތަފުސީލު

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

75%

  • މަސައްކަތުގެ ޖުމްލަ އަގަށް (މަސައްކަތުގެ އަގާއި ތަކެތީގެ އަގަށް) ދޭ މާކްސް  
  • މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާޒާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • އިމާރާތްކުރުމުގެ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތުގެ ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ބެންޗްމާކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

( Submitted years of experience / Benchmark  years  ) x Allocated Percentage

މުއްދަތު

10%

  • މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަށް

(Benchmark Duration / Submitted Duration) x Allocated Percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 ޖުމާދަލްއޫލާ 1437

14 ފެބުރުވަރީ 2016