ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުން ކުރި ނަންބަރު: GS-202/IUL/2016/06 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި ފުށުއެރުންތަކެއް ހުރުމާއެކު، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ގެމަނަފުށީ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ، އެއް އަހަރުދުވަހަށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް |
28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށާއި އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް، އެހެންމީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.
1. ބިޑް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނީ ތިރީގައިވާ މިންގަނޑުތަކަށެވެ.
- މަސައްކަތުގެ އަގަށް 70 ޕޮއިންޓް
- ތަޖުރިބާއަށް 18 ޕޮއިންޓް (ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)
- ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12 ޕޮއިންޓް (6 މީހުންނާ ހަމައަށް މީހަކަށް 2 ޕޮއިންޓް)