ނީލަން
ނަންބަރު: E3-SM/IUL/2026/02
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 06 އޮކްޓޫބަރު 2026 00:00
ރަސްގެތީމު ހެލްތް ސެންޓަރ
ދިވެހިރާއްޖެ
މި މަރުކަޒުން ބައުވެގެންނާއި ހަލާކުވެގެން ނެގިފައިވާ ތަކެތި ނީލަން ކިޔުން

ނީލަންކިއުމާއި ބެހޭ

        މިމަރުކަޒުން ބައުވެގެންނާއި، ހަލާކުވެގެން ނެގިފައިވާ ތަކެތީ ނީލަން ކިޔުން 2026 އޮކްޓޫބަރ 09 ވަނަ ދުވަހުގެ 16:30 ގައި މިމަރުކަޒުގެ ގޯތިތެރޭގައި އޮންނާނެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިޔަށް ޙާޟިރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ނީލަމުގައި ކޮންމެ ފަހަރަކުވެސް މަދުވެގެން އިތުރުކުރެވޭނީ 5.00 ރުފިޔާ އެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެތީގެ އަގު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިމަރުކަޒަށް ދުރުވެ ރިސެޕްޝަން ކައުންޓަރަށް ފައިސާ ދައްކަވައި ނިންމަވަން ވާނެކަމުގައި ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވާ ފަރާތްތަކާއި މެދުގައި ޤާނޫނުގައި އޮންނަ އުސޫލުން އަމަލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7762100 އާއި ގުޅުއްވުން އެދެމެވެ.

28 ސެޕްޓެންބަރު 2026