ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)TAH-A/TAH/2026/30
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 06 އޮކްޓޫބަރު 2026 11:30
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

 

ތ.އަތޮޅު ހޮސްޕިޓަލް

ތ.ވޭމަންޑޫ

                ނަންބަރު:(IUL)TAH-A/TAH/2026/30

އިޢުލާނު

 

މަޤާމު:

ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-438291

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

 -

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތ.އަތޮޅު ހޮސްޕިޓަލް/ ތ.ވޭމަންޑޫ

ސެކްޝަން

ހިއުމަން ރިސޯސް ޔުނިޓް

މުސާރަ:

-/9845ރ

ސަރވިސް އެލަވަންސް:

-/4595ރ

އެހެނިހެން އެލަވަންސް:

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހަމަޖެހިފައިވާ އުސޫލުން ހާޟިރީ އިނާޔަތުގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް-/125ރ 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނާއި ގުޅޭގޮތުން ލިބޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުމާއި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  2. އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި ވޭތުވެދިޔަ އަހަރު ހަރަދުވީވަރާއި ކުރިއަށް އޮތް އަހަރަށް އަންދާޒާކުރެވޭ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ތައްޔާރު ކުރުމުގައި އެހީތެރިވުން.
  3. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ މަގާމުތަކަށް މުވައްޒަފުން ނެގުމާއި ވަކި ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ގަވައިދާ އެއްގޮތަށް ކުރުން.
  4. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުރަންޖެހޭ މުސާރައާއި ގުޅުން ހުރި މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ކުރުން.
  5. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މުވައްޒަފުން ނެގުމުގެ ހުއްދަ ހޯދުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ސެޕް އަޕްޑޭޓް ކުރުމަށް ބޭނުންވާ ޗެކްލިސްޓް ތައްޔާރުކޮށް ގަވައިދުން ފޮނުވުން.
  7. މުވައްޒަފުންގެ ވަޒީފާ ބަޔާއްތަކާއި ވަޒީފާ އެއްބަސްވުންތައް ތައްޔާރުކުރުމާއި ޙަވާލުކުރުން އަދި އެތަކެއްޗަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ގެނައުން.
  8. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ އިދާރީ އޮނިގަނޑުތަކަށް އަންނަބަދަލުތަކާއި މަގާމުތަކަށް އަންނަ ބަދަލުތައް (އިތުރުކުރަންޖެހޭ ނުވަތަ އުނިކުރަންޖެހޭ) ގެނެއުމުގެ މަސައްކަތްތައް ވިއުގަ 2.0 އިން ކުރުން.
  9. ހޮސްޕިޓަލާއި ހޮސްޕިޓަލްގެ ދަށުން ހިންގާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންގެ ރެޖިސްޓްރީއަށް އަންނަ ބަދަލުތައް (ވަޒީފާދެވޭ، ވަޒީފާބަދަލުކުރެވޭ،ވަޒީފާވަކިކުރެވޭ، އަދި އެލަވަންސް ހަމަޖެހޭ މުވައްޒަފުންގެ މަޢުލޫމާތު) އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ތަކަކީ ކޮބައިތޯބަލާ، ގެޕް އަދި ޓްރއިނިންގ ނީޑް އެނަލިސިސް ހަދާ، މުވައްޒަފުންނަށް ދެވޭ ޓްރޭނިންގ ތަކުގެ ރެކޯޑްސް ބެލެހެއްޓުން.
  11. މުވައްޒަފުންނަށް އަންގަންޖެހޭ ޢާންމު އުސޫލުތައް އެންގުމުގެ މަސައްކަތްކުރުން
  12. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް " ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އަތްމަތީ ފޮތުގައި " ވާ ގޮތުގެމަތިން ކުރުވުން.
  13. ހޮސްޕިޓަލާއި އަތޮޅު ޞިއްޙީމަރުކަޒުގެ އެންމެހާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް، ލީވް ޗިޓް އަދި ބިދޭސީ މުވައްޒަފުންނާއި ގުޅިގެން ލިބޭ ލިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
  14. އެޗް.އާރް ސޮފްޓްވެއަރ މެދުވެރިކޮށް ކުރަންޖެހޭ މުސާރައާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  15. ސެކްޝަނަށް ބޭނުންވާ އެސް.އޯ.ޕީތައް ތައްޔާރު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ތައްޔާރު ކުރެވެ އެސް.އޯ.ޕީތައް މުވައްޒަފުންނަށް އޮޅުންފިލުވައިދީ މުވައްޒަފުން ބޭނުންވާ ކޮންމެ ވަގުތެއްގައި ފެންނާނޭ ގޮތަށް އިންތިޒާމް ކުރުން.
  16. ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށްޓަކައި ބޭނުންވާ ލިޔެ ކިޔުންތަކާއި މައުލޫމާތުތައް އެއްކޮށް މުސާރަ ޝީޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި މުސާރައިގެ ކަންތައް ނިންމުން.
  17. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި ޗުއްޓީ ރެކޯޑްސް ދުވަހުން ދުވަހަށް ބަލަހައްޓަމުން ދިއުން.
  18. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓްތައް ތައްޔާރުކުރުމާއި، ހާޒިރީއާއި ގުޅިގެން އަޅަންޖެހޭ ފިޔަވާޅުތައް އެޅުމަށް ބޭނުންވާ މަޢުލޫމާތު ސްޕަވައިޒަރުންނަށް ދިނުން.
  19. މުވައްޒަފުންގެ ޕޭލީވް، ނޯޕޭ ލީވްތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމާއި ކަމާއި ގުޅުންހުރި ރެކޯޑްސް ވިއުގަ 2.0 އިން އަދާއި ހަމަކުރުން.
  20. މުވައްޒަފުންގެ ޕާސަނަލްފައިލްތައް ބެލެހެއްޓުމާއި، ފައިލްތަކަށް އަޅަންޖެހޭ އެންމެހާ ލިޔުއްތައްއެޅުމާއި ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ތަރުތީބު ނަމްބަރ ޖެހުން.
  21. ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންނަ އެކި ކަންކަމަށް ބޭނުންވާ ވަޒީފާ އަދާ ކުރާކަމުގެ ލިޔުން އަދި ވަޒީފާ އަދާ ކުރިކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލު ކުރުން. 
  22. ސެކްޝަނުން ތައްޔާރުކުރަންޖެހޭ އެސް.އޯ.ޕީތައް ތައްޔާރުން.
  23. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފުން ގުޅިގެންކުރާ މަސައްކަތްތަކާއި އެކި އެކި އިޖްތިމާޢީ އަދި ޚާއްސަ ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލުގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  24. ޞިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  25. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނާރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ  
  • އެކައުންޓިންގ އެންޑް ފައިނޭންސް  
  • އެޑްމިނިސްޓްރޭޝަން  
  • އޮޑިޓިންގ  
  • ބިޒްނަސް  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ކޮމާރސް  
  • ފައިނޭންސް  
  • ފައިނޭންޝަލް މެނޭޖްމަންޓް  
  • ފައިނޭންޝަލް ޕްލޭނިންގ  
  • ހެލްތް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން  
  • ހެލްތް ކެއަރ މެނޭޖްމަންޓް  
  • ހެލްތު މެނޭޖުމަންޓް  
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް  
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން  
  • ހޮސްޕިޓަލް މެނޭޖްމަންޓް  
  • ހިއުމަން ރިސޯސް  
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  • އިންޓަރނަލް އޮޑިޓިންގ  
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  • އިސްލާމިކް ފައިނޭންސް  
  • ލެބޯޓަރީ ސައިންސް  
  • މެނޭޖްމަންޓް  
  • މެޑިކަލް ސައިންސް  
  • ނާސިންގ  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  • ޕަބްލިކް ފައިނޭންސް  
  • ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން  
  • ޕަބްލިކް މެނޭޖްމަންޓް  

މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން: ނެތް

 

މަޤާމްގެ ކޯ ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތައް:  -

 

ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް)

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭ ރާއްޖެއިންބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާތަންތަނުގެތަޖުރިބާއަންގައިދޭރެފަރެންސްޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

ކޯ ނުވަތަ ޕްރިފާރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

ަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހު 11:30 ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ފޯމް ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު ކުރި 11:30އަށް ހޮސްޕިޓަލްގެ އޮފީސް ބައިންނެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިހާން ނުވަތަ ޕްރެކްޓިކަލްއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 10 އޮކްޓޫބަރ 2026 އާއި 25 އޮކްޓޫބަރ 2026 އާ ދެމެދު، ތ.އަތޮޅު ހޮސްޕިޓަލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6782776 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

16 ރަބީއުލްއާޙިރު 1448ހ.

28 ސެޕްޓެމްބަރ 2026މ. 

28 ސެޕްޓެންބަރު 2026