ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)94-Q/94/2026/56
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 07 އޮކްޓޫބަރު 2026 11:30
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ގެ ބޭނުމަށް އައިޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)94-Q/94/2026/50 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ލިބިފައިވާ ހުއްދައަށްވުރެ އަގު މަތިވުމާގުޅިގެން މި ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޖެކްޓް ނަންބަރ PC-942026W-28

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަން ގެ ބޭނުމަށް އައިޓީ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)94-Q/94/2026/50 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ލިބިފައިވާ ހުއްދައަށްވުރެ އަގު މަތިވުމާގުޅިގެން މި ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިޕްރޮޖެކްޓާއި ގުޅޭ ލިޔެކިޔުންތައް މިއޮފީހުގެ ވެބްސައިޓް: www.immigration.gov.mv  27 ސެޕްޓެންބަރު 2026 އިން ފެށިގެން ލިބެން ހުންނާނެއެވެ. އަދި މި ބިޑް އާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  3. މިޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 03 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.  
  4. ބީލަން ހުށައެޅުން އޮންނާނީ 07 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 11:30:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ޑިވިޜަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑުތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިވިޜަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330464, +960 3330465

އީމެއިލް  : [email protected]

ކޮޕީ    : [email protected]

27 ސެޕްޓެންބަރު 2026