ދިވެހިރާއްޖެ
|
މަޤާމު: |
ސީނިއަރ ލެކްޗަރަރ (މައިކްރޯބައިލޮޖީ) |
ބޭނުންވާ އަދަދު: |
1 |
|||||||||||
|
ވަޒީފާ އަދާކުރާ އޮފީސް: |
ސްކޫލް އޮފް މެޑިސިން / ކ.މާލެ |
|||||||||||||
|
މަޤާމުގެ ރޭންކް: |
9 |
ހަރުފަތް: |
1 |
|||||||||||
|
މުސާރަ: |
މަހަކު 18,503.00 ރުފިޔާ |
ޖޮބް އެލަވަންސް: |
މަހަކު 10,597.00 ރުފިޔާ |
|||||||||||
|
ހާޒިރީ އިނާޔަތް: |
287.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް) |
|||||||||||||
|
މާކެޓް އެޖަސްޓްމަންޓް އެލަވަންސް: |
މަހަކު 16,170.00 ރުފިޔާ |
|||||||||||||
|
ވަޒީފާގެ ބާވަތް: |
ދާއިމީ |
|||||||||||||
|
އިނާޔަޔްތައް: |
|
|||||||||||||
|
މަގާމުގެ ޝަރުތު: |
މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 އަދި ލެވަލް 9 އަދި ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
* މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ އެމް.ބީ.ބީ.އެސް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާސިލުކޮށްފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ. * މެޑިކަލް ޑޮކްޓަރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރެޖިސްޓަރ ވެފައި ނުވަތަ ރަޖިސްޓަރ ވުމަށް ޝަރުތު ފުރިހަމަވެފައި ވާންވާނެއެވެ. |
|||||||||||||
|
ދާއިރާތައް/ ޑިސިޕްލިންތައް: |
ތަޢުލީމީ ރޮނގުތައް: މައިކްރޯބަޔޮލޮޖީ ޕްރިފަރޑް ޑިސިޕްލިންތައް: މައިކްރޯބަޔޮލޮޖީ ކޯ ޑިސިޕްލިންތައް: މައިކްރޯބަޔޮލޮޖީ މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، ރިސަރޗް، މެޑިސިން، މައިކްރޯބަޔޮލޮޖީ |
|||||||||||||
|
މަޤާމުގެ މަސްއޫލިއްޔަތު: |
ކިޔަވާދިނުމާ ގުޅޭ މަސައްކަތް 1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން. 2. ޔުނިވަރސިޓީ ގެ ވާރކްލޯޑާއި އެއްގޮތަށް އެ މީހެއްގެ ޒިންމާގެ ދަށުގައިވާ އެހެން މުވައްޒަފުންނަށް ގަޑިތައް ހަވާލުކުރުމުގައި އެހީތެރިވުމާއި އެގަޑިތައް ނަގާކަން ކަށަވަރުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވެދިނުން 3. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކޯޑިނޭޓްކުރާ މާއްދާތަކުގެ އައުޓްލައިނާއި މެޓީރިއަލް އަދި އެސައިންމަންޓް ލިންކްތައް ސުންގަޑިއާ އެކު ކޯސް ޕޭޖު ތައްޔާރުކޮށް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުން 4. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން. 5. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން 6. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން. 7. މުޤައްރަރާއި، ކޯހުގެ ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނެގުން. 8. ޤައުމީ ބޭނުންތަކަށް ބަލާ ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި އައު ކޯސްތަކާއި އައު މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރާ މުގައްރަރުތައް އިޞްލާޙުކުރުމުގައި އިސްނެގުން. 9. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން. 10. ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ޔުނިވަރސިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ދެވިފައިވާ ސުންގަޑީގެ ކުރިން ތައްޔާރުކޮށް، ރިވިއުކޮށް ނިންމުން. 11. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން. 12. ޑިޕާޓްމަންޓްގެ ފުލްޓައިމް އަދި ޕާޓް-ޓައިމް ދާރިސުން ތައްޔާރުކުރާ އިމްތިޙާން ކަރުދާސްތަކާއި އެސެސްމަންޓްތައް ރިވިއުކުރުމަށް ހަވާލުކުރެވިއްޖެނަމަ އެކަން ކުރުން. 13. އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ދަރިވަރުންގެ ރިސާރޗް ނުވަތަ ޕްރޮޖެކްޓް މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ތީސިސް އަދި ޑިޒަޓޭޝަން މާކުކުރުން އަދި ރިސާޗް ސެމިނާރ ނަގައިދިން
ރިސަރޗް މަސައްކަތް 1. ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން. 2. ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން. 3. މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން.
އިދާރީ އަދި އެހެނިހެން މަސައްކަތް 1. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 2. ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން. 3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން. 4. ހަވާލުކުރެވޭ މާއްދާތަކާއި ކޯސްތައް ޔުނިވަރސިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކޯޑިނޭޓްކުރުން. 5. ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދަރިވަރުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ދަރިވަރުންނަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ދަރިވަރުންނަށް ކުލާހުގެ ބޭރުން ވަގުތުދިނުން. .6 ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން. 7. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން. 8. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން. 9. "ކޯޑް އޮފް ކޮންޑަކްޓް" އަށް ޙުރުމަތްތެރިކޮށްހިތުމާއި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން. 10. އަލަށް ގުޅޭ މުވައްޒަފުން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގައި އެހީތެރިވެދިނުން. 11. ކޯސްތަކާއި ގުޅޭ މަޢުލޫމާތު އަދާހަމަކޮށް، މާކެޓިން މެޓީރިއަލް ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އަދާ ހަމަކޮށް ހިއްސާކުރުމާއި، ކޯސްތައް އިސްތިހާރުކުރުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަދި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން. 12. ޑިޕާޓްމަންޓް ހެޑްގެ މަގާމު ހަވާލުކުރެވިއްޖެނަމަ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން. 13. ކިޔަވައިދިނުން ފުރިހަމަ ކުރުމަށްޓަކައި ޓެކްސްޓް ފޮތްތަކާއި، ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުން
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ. |
|||||||||||||
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ. |
|||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
|||||||||||||
|
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.
އެސެސްމެންޓަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
2026 އޮކްޓޫބަރު 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް. https://tinyurl.com/MNU-HR-2026-SM-222
|
|||||||||||||
|
އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ 04 އޮކްޓޫބަރު 2026 އާ 03 ނޮވެންބަރު 2026 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
|||||||||||||
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން) |
ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected] އަށެވެ. |
|||||||||||||
|
ސަމާލުކަމަށް:
|
މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ. |
|||||||||||||
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ. |
|||||||||||||