މަސައްކަތް
ނަންބަރު: (IUL) PSM-FP/PSM/2016/54
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:37
ސުންގަޑި: 23 ފެބުރުވަރީ 2016 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިންޓީރިއާ ޑިޒައިންކޮށް، ޕާޓިޝަން ޖެހުމަށް

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

PSM-PROC-20/GA/2016/36

 

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ބޭނުމަށް ހ.ޖޯޖެޑްވިލާ ގެ ޢިމާރާތުގެ 1 ވަނަ ފަންގިފިލާއާއި، 2 ވަނަފަންގިފިލާގެ އިންޓީރިއާ ޑިޒައިންކޮށް، ޕާޓިޝަން ޖެހުމަށް ބޭނުންވާތީ، އެމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު IUL) PSM-FP/PSM/2016/10) ނަންބަރުއިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްޕްރޮޕޯޒަލްގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަގު ހުށަހަޅުއްވާފައި ނުވުމުގެ ސަބަބުން އެ ޕްރޮޕޯޒަލް ބާޠިލުކޮށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކުރުމާ ގުޅޭގޮތުން މިކުންފުނިން ދޭ މަޢުލޫމާތުޝީޓު 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 ން ފެށިގެން 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކުންފުނީގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 17:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.  

09 ޖުމާދަލްއޫލާ 1437

18 ފެބުރުވަރީ 2016