ދިވެހިރާއްޖެ
މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ނެޝަނަލް ޖޫނިއަރ ޗެސް ޗެސްޕިއަންޝިޕް 2026 ގައި ބައިވެރި ވުމަށް އެދޭ އަންޑަރ 8 ، 10 ، 12 ، 14 ، 16 ، 18 އަދި 20 މި އުމުރު ފުރާތަކުގެ އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރު (މިއަހަރު) އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2026 އަށެވެ. މި މުބާރާތުގައި ވާދަކުރާ އުމުރުން 16 އަދި 18 އަހަރުން ދަށުގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ 7 ނޮވެމްބަރުގައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ޤަވާއިދު މި އިއުލާން ގައި އެޓޭޗް ކުރެވިފައި ވާނެއެވެ .
ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ ސުންގަޑި:2 އޮކްޓޯބަރ 2026 ، 23:59
މުބާރާތުގައި ބައިވެރިވުމުގެ ފީ: 500 ރުފިޔާ
ލޭޓްއެންޓްރީ ގެ އެންމެ ފަހުތާރީޚަކީ 5 އޮކްޓޯބަރ 2026.
ލޭޓް އެންޓްރީ ފީ އަކީ 500ރ
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު : https://docs.google.com/forms/d/e/1FAIpQLSco-xfsZDR-WtPP1v4UC1DurlOSg0fC8ZKFGJ0S4QmOeaBJhA/viewform?usp=publish-editor
އިތުރު މައުލޫމާތު ހޯދުމަށް އެމްސީއޭގެ މެއިލް އަށް [email protected] އަށް މެއިލް ކުރައްވާ.