ނީލަން
ނަންބަރު: (IUL)298/298/2026/46
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި:
26 ސެޕްޓެންބަރު 2026 16:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުން
މިރަށު ރައްޔިތުންގެ ކެފޭގެ އިރުއުތުރު ކަނުން ނަގާފައިވާ ދިއްގާގަހާއި، ވޮލީކޯޓުގެ ދެކުނު ސަރަޙައްދުން ނަގާފައިވާ ގަސްތައް ނީލަންކިޔަން ބޭނުންވެއެވެ. މިގޮތުން މިތަކެތީގެ ނީލަންކިޔުން ފަށާނީ 2026 ސެޕްޓެންބަރު 26 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައި ރައްޔިތުންގެ ކެފޭގެ އުތުރު ސަރަޙައްދުގައެވެ. އަދި މި ނީލަން ނިމުމުން، ވޮލީކޯޓުގެ ދެކުނު ސަރަޙައްދުން ނަގާފައިވާ ގަސްތަކުގެ ނީލަންކިޔުން ކުރިއަށްދާނެއެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ 12:00 ގެކުރިން އަލިފުށި ކައުންސިލް އިދާރާއަށް ފައިސާ ދެއްކެވުމަށް ދަންނަވަމެވެ.
މިވެންވެމިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
13 ރަބީޢުލް އާޚިރް 1448
24 ސެޕްޓެންބަރު 2026