ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ ހދ.ގޮފީގެ އައު އިމާރާތުގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގެ 14:00 އަށް ހދ.ކުޅުދުއްފުށީގައި ހުންނަ މިއޮފީހުގެ ހދ.ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ހދ.ގޮތްޕަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިއޮފީހުގެ ހދ. އަތޮޅު ގޮފި ހިނގަމުންދަނީ ހެމްލިން، ހދ. ކުޅުދުއްފުށި ގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3000655 ފޯނާއި، ނުވަތަ ހދ. އަތޮޅު ގޮފީގެ ނަންބަރު 6528250 ފޯނާ ގުޅުއްވުން އެދެމެވެ.
13 ޖުމާދަލްއޫލާ 1437