ދިވެހިރާއްޖެ
ގއ.މާމެންދޫ ކައުންސިލުން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތް "ކައުންސިލްކަޕް" 2026 ޑިސެންބަރު 19 ވާ (ހޮނިހިރު) ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ކުރިއަށްދާނީ 15 އަހަރުން މަތީގެ ފިރިހެންކުޅުންތެރިންނަށެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިއަދުން ފެށިގެން 2026 އޮކްޓޫބަރު 15 ވާ (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00އަށް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 2026 އޮކްޓޫބަރު 15 ވާ (ބުރާސްފަތި) ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުންއެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 7444051 ނުވަތަ 6820007 ނަންބަރަށް ގުއްޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.