ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2026/106
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 29 ސެޕްޓެންބަރު 2026 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު 

މި އޮފީހުގެ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގައި ބޭނުންކުރާ "ޓޮޝިބާ" ބްރޭންޑުގެ ފޮޓޯކޮޕީ މެޝިންތައް ކުރިއަށް އޮތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ސަރވިސްކޮށް، މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް މި އިޢުލާނުގައިވާ އީމޭލު އެޑްރެހަށް މިދަންނަވާ މަޢުލޫމާތު، 2026 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން މޭލު ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީމޭލުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މޭލު:

ފޯނު ނަންބަރު: 

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މޭލުކުރުން އެދެމެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 29 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2026 އޮކްޓޫބަރު 5 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އޮފީހަށް ޙާޟިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ  

13 ރަބީޢުލްއާޚިރު 1448

24 ސެޕްޓެންބަރު 2026