ދިވެހިރާއްޖެ
|
ށ. އަތޮޅު ހޮސްޕިޓަލުގެ މެޝިނަރީސް ރައްކާކޮށް ބަހައްޓާނެ ގުދަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ: ށ. އަތޮޅު ހޮސްޕިޓަލުގެ މެޝިނަރީސް ރައްކާކޮށް ބަހައްޓާނެ ގުދަނެއް އިމާރާތްކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު 13:00 މިހޮސްޕިޓަލަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ. މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 4 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގެ މީޓިންގ ރޫމުގައެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 1 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާއި ގުޅިގެން ދެވޭ މައުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.
|