ދިވެހިރާއްޖެ
މިނިސްޓްރީގެ ބޭނުމަށް ފަޔަރވޯލް ޑިވައިސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަގު ހުށަހެޅުން.
• ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
• ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
• ބިޑް ވެލިޑިޓީ މުއްދަތު 3 މަސް.
• އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
• ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.
1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
2. އެސްޓިމޭޓް/ ކޯޓޭޝަން
3. ޕްރޮފައިލް
4. އަގުހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަން
5. ތަޖުރިބާ ބަޔާންކުރާ ލިޔުން
6. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
ބިޑް ސެކިއުރިޓީ އަދި ފާރފޯމަންސް ގެރެންޓީ
1. ބިޑް ސެކިއުރިޓީ
(ހ) މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އަކީ 5,000ރ (ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް
ހުށައަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.
(ށ) ހުށައަޅާ އަންދާސީ ހިސާބުގެ އަގު 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ
ބޮޑުކަމުގައި ވާނަމަ (ހ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.
(ނ) ބިޑް ސެކިއުރިޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް
ބަލައެއް ނުގަނެވޭނެއެވެ.
2. ޕާފޯމަންސް ގެރެންޓީ
(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށައަޅާފައިވާ އަގަކީ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއްނަމަ
ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 2% (ދޭއް އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ޙަވާލުވާ ދުވަހު ހުށައަޅަންވާނެއެވެ.
(ށ) ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި
ޗެކް ބަލައެއް ނުގަނެވޭނެއެވެ.
(ނ) ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ
ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕާފޯމަންސް ގެރެންޓީ ހުށަނާޅައިފިނަމަ ބެލެވޭނީ މަސައްކަތާއި ހަވާލިނުވީ ކަމަށެވެ.
އެޑްވާންސް ފައިސާ
މި ޕްރެޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވެއެވެ.
ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:
ކެޓަގަރީ މާރކްސް މާރކްސް ދެވޭ އުޞޫލު
1 އަގު: 60% އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން
2 މުއްދަތު: 30% އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން
3 ތަޖުރިބާ: ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.)
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.