ނޫސްބަޔާން
ނަންބަރު: 1/2026/299
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 00:05
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސްބަޔާން

ނޫސްބަޔާން

މިއަދު މިކައުންސިލުން އާންމުކުރި ނަންބަރު 1/2026 (ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އަޙުލާޤް ހިފެހެއްޓުމާއި ގުޅޭ) ދެންނެވުމާއި ގުޅިގެން، އާންމުންނަށް ކަމުގެ ހަޤީގަތް އޮޅޭފަދަ މޭރުމަކުން ސާއިޢުކޮށްފައިވާ ޚަބަރުތަކުގެ ސުރުޙީތަކާއި ގުޅޭގޮތުން ދަންނަވަމެވެ.

އަމާން މުޖުތަމައެއް ބިނާކުރުމަކީ ކައުންސިލުގެ މުހިންމު އެއް އަސާސްކަމުގައި ވީހިނދު، އާންމުކުރި ދެންނެވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނު (2019/19) ގާނޫނުގެ 64 ވަނަ މާއްދާގައި، ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގެ ގޮތުން، ކުޑަކުދިން ކުށަށް ހުށައެޅުމަށް އޮތް ފުރުސަތު ހަނިކޮށް، އަޚުލާޤީގޮތުން ހެޔޮ ޖީލެއް ވާދޫގައި ބިނާކުރުމަށް ރަށުގެ މުޖުތަމަޢުއާއި، މުއައްސަސާތަކާއި، ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސްކޫލުކުދިންނަށް އަމާޒުކޮށް ތަންފީޒުކުރުމުގެ ބޭނުމުގައި އާންމުކުރި އާންމުކުރުމެއްގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ވާދޫ ސްކޫލަކީ އުނގެނުމުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ސްކޫލެއް ކަމުގައި ވެފައި، ކުށްކުރުން މަދު، އަހުލާޤީ ގޮތުން ރަނގަޅު ދަރިވަރުންތަކެއް ކިޔަވަމުންގެންދާ ސްކޫލެއްކަމުގައި ވީހިނދު، މިކަން މިގޮތުގައި ދެމެހެއްޓުމަށް ކައުންސިލުން އެޅި ފިޔަވަޅެއްގެ ހަޤީގަތް އޮޅޭގޮތަށް، ބައެއް ނޫސްތަކުން ސާއިޢުކުރި  ހެޑްލައިންތަކުގެ ސަބަބުން، ކަމުގެ ހަޤީގަތް އޮޅި، ސްކޫލާމެދު އާމުންނާއި، މުޖުތަމައުގައި ނުތަވަސްކަން އުފެދޭނެ ކަމެއްގެ ގޮތުގައި ވާދޫ ކައުންސިލުން ދެކެވެ.

ވީމާ، ބައެއް ނޫސްތަކުން ކައުންސިލުން މިކަމުގެ މަޢުލޫމާތު ހޯދުމެއްނެތި، ޒިންމާދާރުކަން ކުޑަގޮތެއްގައި ކޮށްފައިވާ މި އަމަލު، ވާދޫ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

23 ސެޕްޓެންބަރު 2026