ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2026/52
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:24
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށް ދޫކުރެވިފައިވާ ބިންތަކާއި ގުޅޭ

ދަނޑުވެރިކަން ކުރުމަށްޓަކައި މި ރަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ގިނަ ބިންތަކެއް، އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެ ބިންތައް ދަނޑުވެރިކަން ކުރަން ބޭނުންވާ އެހެން ފަރާތްތަކަށް ދޫކުރުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން، މި އިޢުލާން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތް ނުފަށާ ފަރާތްތަކުގެ ބިންތައް، އިތުރު އެންގުމަކާ ނުލައި ކައުންސިލަށް އަނބުރާ ނެގުމަށް، ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

މީގެއިތުރުން، ރަށުގެ ދެކުނު ފަރާތުން ފުޓްސަލް ދަނޑު ކުރިމަތިން ހުޅަނގަށް އޮތް ސަރަޙައްދުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކަކީ، ރޯހައުސް އެޅުމަށް ބިން ދޫކޮށްފައިވާ، އަދި މިއާއެކު ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ރަށުގެ ލޭންޑް ޔޫޒް ޕްލޭނުގައި ހިމެނުމަށް ކައުންސިލުން ވިސްނާފައިވާ ސަރަޙައްދެކެވެ. ވީމާ، އެ ސަރަޙައްދުގައި ދަނޑުވެރިކަން ކުރައްވާ ފަރާތްތަކުން މިކަންކަމަށް ރިޢާޔަތްކުރައްވައިގެން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އިލްތިމާސްކުރަމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ސެޕްޓެންބަރު 2026