މުބާރާތް
ނަންބަރު: (IUL)160-A/1/2016/29
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި: 10 މާރިޗު 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢްވަތު

"23rd Universal competition of memorizing the Holy Qura’n"

މި އަހަރު އޭޕްރިލް 10 ން 14 އަށް މިޞްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަތީގައި ދެންނެވިފައިވާ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ.

މުބާރާތުގައި ބައިވެރިވެވޭ ބައިތައް:

ދެވަނަ ގޮފީ

ޝަރުޠު:

1- މަތިން ނުވަތަ ތިރިން 15 ފޮތް ހިތުދަސްވެފައިވުން

2- 01 ޖަނަވަރީ 2016 އަށް 25 އަހަރު ފުރިފައި ނުވުން

3- ބައިނަލްއަޤުވާމީ މުބާރާތެއްގެ 1 ވަނަ ލިބިފައި ނުވުން.

ތިންވަނަ ގޮފި

ޝަރުޠު:

1- މުޅި ޤުރްއާން ހިތުދަސް ވެފައިވުން

2- 01 ޖަނަވަރީ 2016 އަށް 12 އަހަރު  ފުރިފައި ނުވުން.

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ބޭނުންވާތީ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތަށް ފޮނުވާ ކުދިން ހޮވާނީ މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.

10 ޖުމާދަލްއޫލާ 1437

21 ފެބުރުވަރީ 2016