މަސައްކަތް
ނަންބަރު: 634-A/2026/33
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 11 އޮކްޓޫބަރު 2026 10:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގެ ކަރަންޓް ވައިރުބަދަލުކުރުމުގެ މަސައްކަތް

މިކޯޓުގެ ޢިމާރާތާއި ގޯތިތެރޭގެ ކަރަންޓް ވައިރިންގ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 634-A/2026/27 (03 ސެޕްޓެންބަރު 2026) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފައިނުވާތީ، އެ މަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށްޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަފްޞީލް

ތާރީޚް / ދުވަސް

ގަޑި

ޙާޟިރުވާންޖެހޭ ތަން

މަޢުލޫމާތު ސާފުކުރުން

30 ސެޕްޓެންބަރު 2026

(ބުރާސްފަތި)

10:00

ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު

އަންދާސީ ހިސާބު ހުށަހެޅުން

11 އޮކްޓޫބަރު 2026 (އާދީއްތަ)

 

10:00

ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު

 

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ފ.ނިލަންދޫ ދިވެހިރާއްޖެ، ފޯނު: 6740067

އީ-މެއިލް: [email protected]

23 ސެޕްޓެންބަރު 2026