މަސައްކަތް
ނަންބަރު: (IUL)101-EP/1/2016/21
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 10 މާރިޗު 2016 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުއްވުމަށް ދެވޭ ދަޢުވަތު

ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުއްވުމަށް ދެވޭ ދަޢުވަތު

1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މާލެއާއި ހުޅުމާލޭގައި އިލެކްޓްރިކް ނުވަތަ ހައިބްރިޑް "ޕްރިމިއަމް ޓެކްސީ" ގެ ޚިދުމަތް ދިނުމަށްޓަކައި މާލީ އަދި ފަންނީ ޤާބިލުކަން ހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް މި ދަޢުވަތު ހުޅުވާލަމެވެ.

2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ވެލާނާގޭ 11 ވަނަ ފަންގިފިލާގައިވާ އޮފީހުގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ދަޢުވަތު އަރުވަމެވެ. މި މަސައްކަތަށް އީ.އޯ.އައި ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

3. ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހަޅާނެ ގޮތް

މި މަސައްކަތަށް ޝައުޤުވެރިކަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ލިޔުމަށްފަހު، 2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

EOI for the provision of electric or hybrid “Premium Taxi” services in Male’ and Hulhumale'

Address:

 Ministry of economic development

  Boduthakurufaanu Magu, Male’ 20125

 Republic of Maldives

 Phone: +960 3306696

 Fax: +960 3323840

Email: tn@trade,gov.mv

4. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ހޮވުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. މިގޮތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

5. އީ.އޯ.އައި ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ.

21 ފެބުރުވަރީ 2016