ކުއްޔަށް ދިނުން
ނަންބަރު: (IUL)252/252/2026/143
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 01 އޮކްޓޫބަރު 2026 00:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އަތިރިމަތީގައިވާ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު

ނަމްބަރ: (IUL)252/252/2026/143

 

އިޢުލާން

 

 

މިރަށު އަތިރިމަތީގައިވާ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު ހުޅުވާލުން

 

                    މި ކައުންސިލްގެ ނަމްބަރު:  (IUL)252/252/2026/117(11 އޮގަސްޓް 2026) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބާޠިލްކޮށް، މިރަށު އަތިރިމަތީގެ އުތުރުކޮޅާއި ދެކުނުކޮޅުގައި މިކައުންސިލް އިދާރާއިން V1 އިން V96 އަށް ނަމްބަރ ޖަހާފައިވާ ރުއްތައް ވަރުވާއަށް ނަގާ ބެލެހެއްޓުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                   ޕްރޮޕޯޒަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ރަޖިސްޓްރޭޝަން ފޯމް:

https://docs.google.com/forms/d/e/1FAIpQLScH7FMfP3pw6QDYJu9meNHvjexC1BGtILBAhx5qqb0Zq-RCPw/viewform?usp=publish-editor

ބީލަން ރަޖިސްޓްރީ ކުރުން

01 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00 ގެކުރިން

މައުލޫމާތު ދިނުމުގެ ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައިނުވޭ

ޕްރޮޕޯޒަލް ބަލައިގަތުން

04 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:00 ގެކުރިން

ޕްރޮޕޯޒަލްތައް ހުޅުވުން

04 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

 

          

        ޕްރޮޕޯޒަލް ހުށަހެޅުމަށާއި ޕްރޮޕޯޒަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯޒަލް ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ރަބީޢުލްޢާޙިރު 1448

23 ސެޕްޓެމްބަރ 2026

23 ސެޕްޓެންބަރު 2026