ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)LHAH-AH/LHAH/2026/103
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 30 ސެޕްޓެންބަރު 2026 14:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި ސީ ޓީ ޓެކްނީޝަންގެ މަޤާމަށް މީހަކު ހޯދުން

ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

އައި ސީ ޓީ ޓެކްނީޝަން

މަޤާމް:

J-462366

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ ޢަދަދު:

ދާއިމީ  

މަޤާމުގެ ގިންތި:

ޕަބްލިކް ސާރވިސް ރޭންކް 5ސްޓެޕް 1

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން:

ޅ. އަތޮޅު ހޮސްޕިޓަލް      

ވަޒީފާ އަދާކުރަންޖެހޭ ތަން:

 9550.00ރުފިޔާ

މުސާރަ:

2865.00  ރުފިޔާ

މަޤާމުގެ އެލަވަންސް:

1-      ހާޒިރީ އިނާޔަތް:  80ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

 

އެހެނިހެން އެލަވަންސް:

  • ހޮސްޕިޓަލް އަދި ހޮސްޕިޓަލްގެ ދަށުން ބަލަހައްޓާ އޮފީސްތަކުގެ އައި ސީ ޓީ އާގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެމަސައްކަތްތައް ރާވާ ހިންގުން
  • އޮފީހުގެ ނެޓްވޯކް ފަރުމާކުރުމާއި، ޑިވެލޮޕްކުރުމާއި ސަރވަރ މެއިންޓެއިންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެމަސައްކަތްތައް ރާވާ ހިންގުން
  • އޮފީހުގެ ސަރވަރ އާއި ނެޓްވާރކް މަލްވެއަރ، ނުވަތަ ދިމާވެދާނެ ނުރައްކާތަކުން ނުވަތަ ބަޔަކު ދީފާނެ ޙަމަލާއަކުން ސަލާމަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެމަސައްކަތްތައް ރާވާ ހިންގުން
  • އޮފީހުގެ ސަރވަރ ބޭނުންކުރަމުންގެންދާގޮތް މޮނިޓަރ ކުރުމާއި، ޑޮކިޔުމަންޓްކުރުމާއި ފާހަގަކުރެވޭ އާދަޔާ ޚިލާފު ޙަރަކާތެއް ނެޓްވަރކްގައި އުޅޭނަމަ ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • އޮފީހުގައި ބޭނުންކުރާ ޕްރިންޓަރ، އެޓެންޑެންސް ފިންގަރ ޕްރިންޓް މެޝިންފަދަ ހާރޑްވެއަރ ތަކެތި އިންސްޓޯލްކުރުމާއި ސޮފްޓްވެއަރ އިންސްޓޯލްކުރުން  އަދި މިމަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އޮފީހުގައި ބޭނުންކުރާ ކޮމްޕިޔުޓަރުތަކާއި، ޕްރިންޓަރ އަދި ނެޓްވަރކްއަށް ދިމާވާ އެންމެހާ މައްސަލަތައް ޙައްލުކުރުމަށް އެކަށޭނަ ފިޔަވަޅުތައް އެޅުމާއި މައްސަލަތައް ޙައްލުކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުން.
  • އޮފީހުގެ ނެޓްވަރކް ޔޫޒަރ އެކައުންޓްސްއާއި އެހެނިހެން ނެޓްވަރކްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ، ޔޫޒަރ އެކައުންޓްސް އާއި އެހެނިހެން ނެޓްވަރކްތަކުގެ ރިސޯސް މެނޭޖްކުރުން.
  • އެންމެ ފަހުގެ ނެޓްވަރކް ހާރޑްވެއަރ ޓެކްނޮލޮޖީއާއި ނެޓްވަރކް ސެކިއުރިޓީ އިޝޫތަކާބެހޭ އަޕްޑޭޓްތައް އިންޓަރނެޓްގެ ޒަރީޢާއިން ހޯދައި، އެއާބެހޭ މަޢުލޫމާތު މުއްސަނދިކުރުން.
  • އޮފީހުގެ އައި ޓީ އާ ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އައި. ސީ. ޓީ އިންފްރާސްޓްރަކްޗަރ އަށް ޑައުންޓައިމްއެއް އަޔަނުދީ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.
  • އޮފީހުގެ ސަރވަރތައް ކޮންފިގަރކޮށް، ދިމާވާ މައްސަލަތައް ބަލާ ޙައްލުކުރުމާއި އެތަކެތީގެ މެއިންޓެނަންސް މަސައްކަތްތައް ރާވާ ހިންގުން.
  • އޮފީހުގެ އޯޑިއޯ އަދި ވީޑިއޯ ސިސްޓަމް ޤާއިމްކޮށް މީޓިން / ތަމްރީން ސެޝަންފަދަ ބައްދަލްވުންތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދުވަހުން ދުވަހަށް ފޯރުކޮށްދިނުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ މަސައްކަތްތައް ރާވާ ހިންގުން.
  • އޮފީހުގެ މަސައްކަތްތައް ކޮމްޕިޔުޓަރައިޒް ކުރުމަށްޓަކައި އަލަށް ތައްޔާރުކުރާ ސޮފްޓްވެއަރތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ރާވައި ހިންގުމާއި މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތްތައް ކުރުން. އަދި ބޭނުން ކުރަމުން އަންނަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި ގެނެވޭ ބަދަލުތައް މުވައްޒަފުންނަށް އަންގައިދީ އިތުރަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ ޓެލެކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ބެލެހެއްޓުމާއި ، މުވާޞަލާތީ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ބޭނުންކުރެވޭނެގޮތް ހަމަޖެއްސުމާއި ދިމާވާ މައްސަލަތައް ސަރވިސް ޕްރޮވައިޑަރ މެދުވެރިކޮށް ހައްލުކުރުން.
  • އޮފީހުގެ ޑިޖިޓަލް ޑާޓާ / އޯ ޑި އޯ ، ވީ ޑީ އޯ ރެކޯޑިންގތައް ބެކަޕްކޮށް ކަނޑައަޅާފައިވާ އުޞޫލާއިއެއްގޮތަށް އަރުޝީފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހުގެ  އެހެނިހެން ސެކްޝަންތަކުގައި ބޭނުންކުރާ މެޝިނަރީޒްއާއި އިކްވިމްޕްމަންޓް ތަކުގެ ތެރެއިން ނެޓްވޯކް އާއި ގުޅުންހުރި އިކްވިޕްމަންޓްސް ނެޓްވޯރކިންގ މައްސަލަތަކާއި އަޕްޑޭޓްކުރުމާއި ގުޅޭ މަސައްކަތްތައް ކުރުން
  • އޮފީހުގެ އެންމެހާ މުވައްޒަފުންނަށް ބޭނުންވާ ރަސްމީ އީމެއިލް އެޑްރެސް ބޭނުންކުރެވޭނެގޮތް ހަމަޖައްސާދިނުމާއި ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން
  • އޮފީހުގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެކަމާގުޅޭ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އޮފީހަށް ބޭނުންވާ އައި ޓީ އިކުއިޕްމަންޓްތަކުގެ ރިކުއެސްޓް ލިސްޓް ތައްޔާރުކޮށް ، އައި ޓީ އިކްވިޕްމަންޓްތަކުގެ ސިސްޓަމްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  • ސިއްހީ އެމަޖެންސީތަކާ، ޕެންޑެމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  • ވަޒީފާގެ މަސްއޫލިއްޔާތާއި ގުޅިގެން ސުޕަވައިޒަރާއި ވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • މީގެއިތުރުން ހޮސްޕިޓަލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ، އަދި ޚާއްޞަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ހޮސްޕިޓަލްގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން

މަޤާމުގެ ޝަރުތުތައް:

-          ތަޢްލީމީ ރޮނގުތައް: 

-       ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ

-    ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ 

-          ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ 

-          ކޮމްޕިއުޓަރ ޕްރޮގްރާމިންގ 

-          ކޮމްޕިއުޓަރ ސައިންސް 

-          ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ 

-          ކޮމްޕިއުޓިންގ 

-          ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ 

-          ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން 

-          އައި.ސީ.ޓީ ސިސްޓަމް ސަޕޯޓް 

-          އިންފޮމޭޝަން ޓެކްނޮލޮޖީ 

-          ނެޓްވަރކިންގ 

-          ޕްރޮގްރާމިންގ 

-          ސޮފްޓްވެއަރ އިންޖިނިއަރިންގ 

-          ސިސްޓަމް އެޑްމިނިސްޓްރޭޝަން 

-          ވެބް ޑިވެލޮޕްމަންޓް

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައް

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ހޮސްޕިޓަލްގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

-          އަސާސީ ޝަރުތު ހަމަވުން                         %30

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢްލީމް          %5

-          ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް  %5

-          އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ          %5

-          އެސެސްމަންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް )          20%

-          އިންޓަރވިއު                                  35%

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް (jobs@lhah.gov.mv) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ 05 އޮކްޓޫބަރު 2026 އިން 25 އޮކްޓޫބަރު 2026 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620150 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  (jobs@lhah.gov.mv)   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 ސެޕްޓެންބަރު 2026