ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101/101/2026/16
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:10
ސުންގަޑި: 01 އޮކްޓޫބަރު 2026 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
އިޢުލާން

މި މިނިސްޓްރީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން، މި އިއުލާން ގެޒެޓްކުރާ ތާރީޚުން ފެށިގެން 10 ( ދިހަ ) ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ( އުމަރު ޒާހިރު އޮފީސް ބިލްޑިންގ / 3 ވަނަ ފަންގިފިލާ / ހުޅުމާލެ )   ހާޒިރުވެ ދެއްވުމަށް ދަންނަވަމެވެ. އަދި ހާޒިރުވުމަށް އުޒުރުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު [email protected] އީ.މެއިލްއަށް ހިއްސާކުރުމަށް ދަންނަވަމެވެ.

  • އައި.ޑީ ކާޑުގެ ކޮޕީ
  • ފޯން ނަންބަރު
  • އީ.މެއިލް އެޑްރެސް
  • މިހާރު ދިރިއުޅޭ އެޑްރެސް

މި އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ޙާޟިރުވެފައިނުވާނަމަ، ނުވަތަ މަޢުލޫމާތު ހިއްޞާކޮށްފައިނުވާނަމަ، އެ ފަރާތްތަކުގެ އުޅަނދުތަކާއި ގުޅިގެން ބަލަމުންދާ މައްސަލައަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެވިފައިވާ ކަމުގައިބަލައި، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެމަތިން މިމައްސަލަ މިމިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން ނިއްމާނެ ކަމުގައި ދަންނަވަމެވެ.

1-  ރަޖިސްޓްރީ ނަންބަރު B1A8526

2-  ރަޖިސްޓްރީ ނަންބަރު B1A7719

3-  ރަޖިސްޓްރީ ނަންބަރު V1A2234

4-  ރަޖިސްޓްރީ ނަންބަރު B1B4210   

5-  ރަޖިސްޓްރީ ނަންބަރު C1A2159 

ވީމާ، މިކަން  ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

23 ސެޕްޓެންބަރު 2026