މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަމަޖެހިފައިވާ ތާވަލާއި އެއްގޮތަށް ފެކަލްޓީ ހުޅުވައި ލެއްޕުން. އަދި ބަންދު ދުވަސްތަކާއި އިތުރުގަޑީގައި ރަސްމީކަމެއް މެދުވެރިވުމުން ފެކަލްޓީ ހުޅުވުމާއި ލެއްޕުމުގެ މަސައްކަތް ކުރަންޖެހުމުން އެކަންކުރުން.
- ކިޔަވައިދިނުމަށްޓަކައި ދަރިވަރުންނަށް ދޭންޖެހޭ ފިލާވަޅުތަކާއި ނޯޓްސް ލެކްޗަރަރއިން ވިދާޅުވާ ގޮތަށް ތައްޔާރުކޮށްދިނުމާއި ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތައް ނޯޓިސް ބޯޑުގައި ބެހެއްޓުމާއި އެ ނޯޓިސްއެއްގެ ބޭނުން ކެނޑުމުން އެ ނޯޓިސްއެއް ނެގުން.
- ދަރިވަރުންގެ އެސައިންމަންޓުތަކުގެ ނޯޓްސް ލެކްޗަރަރއިން ދެއްވުމުން ދަރިވަރުންނާއި ޙަވާލުކުރުމާއި އެސައިންމަންޓްތައް ގެނައުމުން ބަލައިގަތުމަށްފަހު ލެކްޗަރަރއިންނާ ހަވާލުކުރުން.
- ފެކަލްޓީއަށް ލިބޭ ލިޔުންތަކާއި ހަވާލުވެ އެންޓްރީކޮށް ވެރިޔާ ލައްވައި ސޮއިކުރުވައި، އެ ލިޔުމެއް ހަވާލުކުރަންޖެހޭ މުވައްޒަފަކާ ހަވާލުކުރުން.
- ކޮންމެ ދުވަހަކު އެ ދުވަހެއްގައި ކުރި މަސައްކަތް ބަޔާންކޮށް ޔައުމިއްޔާ ލިޔެ ވެރިއެއްގެ ސޮއިކުރުމަށްފަހު ފައިލުކުރުން.
- ފެކަލްޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ލިޔުންތައް އެފަރާތްތަކަށް ފޮނުވުމުގެ ކަންތައްކުރުން.
- ފެކަލްޓީގެ އިދާރީ ހަރަކާތްތަކުގެ އިތުރުން އެކަޑެމިކް މުވައްޒަފުން ރާވައި ހިންގަވި އިވެންޓްތަކާއި، މާކެޓިންގ އިވެންޓުތައް އަދި ފަންޑްރެއިސިންގ އިވެންޓްތަކުގައި އެކުވެރި މާޙައުލެއްގައި މަސައްކަތްކޮށް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުން އިދާރީ މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ވެރިން އަންގަވާ ގޮތުގެ މަތިން އޭނާގެ މަސައްކަތްކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަމްބަރު ފޯނާއެވެ.
- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލްއަކީ [email protected] އެވެ.
|