ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓްގެ ލަކުޑި05 ބޮޑުދޮރާއި ދޮރުފަތް އެލްމެނިއަމް 05 ބޮޑުދޮރާއި ދޮރުފަތަށް ބަދަލު ކުރުމަށް ކުރެވުނު ނަމްބަރ 640-A/2026/21އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، ލަކުޑި05 ބޮޑުދޮރާއި ދޮރުފަތް އެލްމެނިއަމް 05 ބޮޑުދޮރާއި ދޮރުފަތަށް ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި މަސައްކަތުގެ އަގާއި މަސައްކަތް ނިންމޭނެ މުއްދަތު ހިމެނުމަށް ދަންނަވަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.